އުމުރުން 23 އަހަރު ވަންދެން ކެއީ ހަމައެކަނި ސޭންޑްވިޗް
އުމުރުން 23 އަހަރު ވަންދެން ކެއީ ހަމައެކަނި ސޭންޑްވިޗް

އުމުރުން ދެ އަހަރުން ފެށިގެން ހަމައެކަނި ސޭންޑްވިޗު ކައިގެން އުޅުނު ޒުވާނެއްގެ ޑައިޓު އެންމެ ފަހުން ބަދަލުކުރަން ޖެހިއްޖެ އެވެ.

އުމުރުން 23 އަހަރު ވަންދެން ކެއީ ހަމައެކަނި ސޭންޑްވިޗް
އުމުރުން 23 އަހަރު ވަންދެން ކެއީ ހަމައެކަނި ސޭންޑްވިޗް

އިނގިރޭސިވިލާތުގެ ޒުވާނެއް ކަމަށްވާ ޒޯއީ ސޭންޑްލާ، އޭނާގެ އުމުރުން ދެ އަހަރުން ފެށިގެން 23 އަހަރު ވަންދެން ކައި އުޅުނީ ވަކި ވައްތަރެއްގެ ސޭންޑްވިޗެކެވެ. ނަމަވެސް އުމުރުން 25 އަހަރުވި ފަހުން އޭނާ ތަފާތު އެއްޗެއް ވަނީ އަލަށް ކައިފަ އެވެ.

"އެންމެ ފުރަތަމަ ސްކޫލަށް ދިޔަ އިރު ވެސް ދެ އަހަރުން ފެށިގެން ކެއީ ހަމައެކަނި ސޭންޑްވިޗް. ދެން އެ އެކަނި ކެވެން ފެށީ،" އިނގިރޭސިވިލާތުގެ ގާޑިއަން ނޫހަށް ދިން އިންޓަވިއުއެއްގައި ޒޯއީ ބުންޏެވެ.

ވަރަށް ފަހަކާ ޖެހެންދެއް އޭނާއަށް ހަމައެކަނި ކެވުނީ ސޭންޑްވިޗެވެ. މި ސޭންޑްވިޗަކީ ހަމައެކަނި ވަކި ފްލޭވާއެއްގެ ޗިޕްސް އަޅާފައި ހުންނަ ސޭންޑްވިޗެކެވެ. ޒޯއީ ބުނި ގޮތުގައި ސޭންޑްވިޗު ވެސް ކެވެނީ ހަމައެކަނި ޗީޒާއި ފިޔާ ފްލޭވާގެ ޗިޕްސް އޭގައި ހުރުމުން އެކަންޏެވެ.

ނަމަވެސް ޒޯއީ އަށް ވަރަށް ފަހުން ވަނީ އޭނާ އަށް "މަލްޓިޕްލް ސްކިއޯސިސް (އެމްއެސް) ޖެހިފައި ހުރިކަން އެނގިފަ އެވެ. މި ބަލީގެ ސަބަބުން އިންސާނާގެ ސިކުނޑިއަށާއި ނާރުތަކަށް ނުރައްކާ އަސަރުކުރެ އެވެ. އެކަން އެނގުމާ އެކު އަމިއްލަ ސިއްހަތަށް އިތުރަށް ރައްކާތެރިވުމަށް އަމިއްލަ ޑައިޓު ބަދަލުކުރުމަށް ޒޯއީ ބޭނުންވި އެވެ.

ޒޯއީގެ ކެއުމުގެ އާދަ ބަދަލުކުރަން އޭނާ ދިޔައީ ހިޕްނޯތެރަޕިސްޓެއް ގާތަށެވެ. އަދި އޭނާ ބުނި ގޮތުގައި ތެރަޕިސްޓު ވަނީ ޒޯއީގެ ކެއުމުގެ މައްސަލަ ހައްލު ކޮށްދީފަ އެވެ. ތެރަޕިސްޓު ގާތަށް ދާން ފެށުމުން މިހާރު ތަފާތު އެކި ކަހަލަ މޭވާ އާއި ތަރުކާރި ކެވޭ ކަމަށް އޭނާ ބުންޏެވެ.