27 މެއި 2022 - 07:43

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ އާންމުންނަށް އެކި ގޮތްގޮތުން އެހީވަމުން އަންނަ ބޮލީވުޑްގެ ތަރި، ސޯނޫ ސޫދު، 10 އަހަރުގެ ކުއްޖަކަށް އެހީވާން ނިންމައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ އެއް ފައި ނެތް އަންހެން ކުއްޖަކު ކޮނޑުގައި ދަބަސް އަޅުވައިގެން ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ހުސް ފައިގައި ސްކޫލަށް ދާ މަންޒަރެވެ. އެ ކުއްޖާގެ ފައި ބުރިވީ މީގެ ދެ އަހަރުކުރިން ހިނގި އެކްސިޑެންޓެއްގައި ކަމަށްވެ އެވެ. އެކަމަކު ކިޔަވަން ބޭނުންވާތީ ކޮންމެ ދުވަހަކު އެއް ކިލޯމީޓަށް އެ ކުއްޖާ ކޮރަމުން ދެ އެވެ.
އިންޑިއާގެ ބިހާރަށް އުފަން އެ ކުއްޖާ އުޅޭ ދަތި ހާލު ފެންނަ ވީޑިއޯ ވައިރަލްވެފައި ވަނިކޮށް ސޯނޫ ވަނީ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައިފަ އެވެ.
ސޯނޫ ބުނީ ދެން އެ ކުއްޖާ ސްކޫލަށްދާނީ އެއް ފައިން ފުންމަމުން ކަމަށެވެ. އެކުއްޖާއަށް ފަރުވާއަށް ގެންދަން ޓިކެޓު ފޮނުވާނެ ކަމަށާއި ދެފައިން ހިނގާ ވަގުތު ޖެހިއްޖެ ކަމަށް ސޯނޫ ބުންޏެވެ.
ދަތި ހާލުގައި އުޅޭ ގިނަ ބަޔަކަށް ސޯނޫ އެހީތެރިވާތީ އާންމުންގެ ލޯބި ވަނީ އިތުރުވެފަ އެވެ. ސޯނޫ މިވަގުތު އަންނަނީ "ރޯޑީސް" ގައި ރަންވިޖޭ ސިންހާގެ ބަދަލުގައި ޝޯ ހޯސްޓްކުރަމުންނެެވެ.