26 މެއި 2022 - 15:49

ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ ކަން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލާއި އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1،080 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓާއި 80 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
ނޮވެމްބަރު 10، 2020 ގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 105 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.