ހޮވައިގެން ގެންދިޔަ ކުއްޖަކު ގޭގައި ގެންގުޅެން ޕްރިޔަންކާ އުޅުނު
ހޮވައިގެން ގެންދިޔަ ކުއްޖަކު ގޭގައި ގެންގުޅެން ޕްރިޔަންކާ އުޅުނު

ސަރޮގޭޓްކޮށްގެން ކުއްޖަކު ހޯދުމުގެ މާކުރިން ވެސް، މަގުމަތިން ހޮވި ތުއްތު ކުއްޖަކު ގޭގައި ގެންގުޅެން މަސައްކަތްކުރި ވާހަކަ ޕްރިޔަންކާ ޗޯޕްރާ އޭނާގެ ހަޔާތުގެ މައްޗަށް ލިޔުނު، "އަންފިނިޝްޑް" ފޮތުގައި ލިޔެފައިވެ އެވެ.

ޕްރިޔަންކާގެ ފޮތުގައި އެ ވާހަކަ ކިޔައިދީފައިވާ ގޮތުގައި ވަރަށް ބޯކޮށް ވާރޭވެހުނު ރެއެެއްގައި ޑިއުޓީ ނިންމާލުމަށް ފަހު މަންމަ، ޑރ. މަދޫ ޗޯޕްރާ ގެއަށް އައި މަގުމަތީގައި ތުއްތު ކުއްޖަކު ވަރަށް ބާރަށް ރޯ އަޑު އިވުނެވެ. ބެލިއިރު ކުއްޖާ އޮތީ ކާރުގެ ދަށުގައި ބާއްވައިފަ އެވެ.

އެތަނުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ކުއްޖާ ގޮވައިގެން ޕްރިޔަންކާގެ މަންމަ ދިޔައީ ގެއަށް ކަމަށާއި އޭނާއަށް ވެސް ކުއްޖަކު އޮތްކަން އެނގުނީ ކުއްޖާ ރޯއަޑަށް ހޭލެވުނު ދަނޑިވަޅުގައި ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި މަންމަ އާއި މާމަ، ބަދިގޭގައި ވާހަކަ ދައްކާ އަޑުއިވިގެންދިޔައިރު ތުއްތު ކުއްޖަކު އޮތެވެ. އެ ކުއްޖާ ގޭގައި ގެންގުޅެން ވަރަށް ބޮޑަށް ބޭނުންވި ނަމަވެސް އެކަން ނުވާނެ ކަަމަށް މަންމަ އެންގި ކަމަށް ޕްރިޔަންކާ ލިޔެފައިވެ އެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ މަންމަ އެކަމަށް ދެކޮޅު ހެދީ ކުއްޖަކު އެޑޮޕްޓްކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އެތައް ކަމެއް ހުރުމުންނެވެ. ޕްރިޔަންކާ ބުނެފައިވާ ގޮތުގައި އެ ކުއްޖާ ގޭގައި ގެންގުޅުމުގެ ބަދަލުގައި މަންމަ އެ ކުއްޖާ ދިނީ ދަރިން ނުލިބޭ ދެމަފިރިއަކަށެވ.

ލަވަަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާއަށް ސަރޮގެސީ މެދުވެރިކޮށް އަންހެން ކުއްޖަކު ވަނީ ލިބިފަ އެވެ.