25 މެއި 2022 - 16:14

ޓޭކްއަވޭ މާކެޓަށް އަމާޒުކޮށް، "އޯކޭ ސަޕްލައި" އިން އާ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

އެ ކުންފުނިން ތައާރަފުކުރީ، ތަފާތު އެކި ބުއިންތައް ތައްޔާރު ކުރުމަށް ބޭނުންވާ އެކި ބާވަތްތައް ހިމެނޭ ބްރޭންޑެއް ކަމަށްވާ "ލޯންގް ބީޗް" އެވެ. އެ ބްރޭންޑުގެ ދަށުން މޮހީޓޯ އާއި އައިސްޓީ އާއި މިލްކްޝޭކާއި އަދިވެސް ޓޭކްއަވޭތަކުން އާއްމުކޮށް ތައްޔާރުކުރާ އެކި ކަހަލަ ބުއިންތަކަށް ބޭނުންވާ ތަކެތި މާކެޓަށް ނެރުނެވެ. އޭގެ ތެރޭގައި ހިމެނެނީ، ލޯންގް ބީޗް ބްރޭންޑުގެ ސިރަޕާއި ޕިޔުރީ އާއި ޕައުޑާ މިކްސް އަދި ޓޮޕިންސް އެވެ.
ލޯންގް ބީޗް ބްރޭންޑަކީ އޭޝިއާގެ ސަރަހައްދުގެ އެކި ގައުމުތަކުގައި މަގުމަތީގައި ކާނާ ވިއްކާ ތަންތަނުގައި މަޝްހޫރު ބްރޭންޑެކެވެ. އެއީ ފުލް ސްޓްރީޓް ޑްރިންކް ސޮލިއުޝަންއެއްގެ ގޮތުގަ ތައިލެންޑުގަ އެންމެ ފާހަގަކޮށްލެވޭ ބްރޭންޑެވެ.
"އޯކޭ ސަޕްލައި" އަކީ ރާއްޖޭގައި ޓޭކްއަވޭ މާކެޓަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް ހޯލްސޭލްކޮށް އަދި ރީޓައިލްކޮށް ވިއްކަމުންދާ ކުންފުންޏެކެވެ. ޓޭކްއަވޭތަކުގަައި ބޭނުންކުރާ އެކި ސައިޒުގެ ޕޭޕާ ކަޕާއި ތައްޓާއި ކޮފީ މެޝިނާއި ޖޫގޯ ފަދަ އެކި ބުއިންތައް ތައްޔާރު ކުރާނެ އެކި ޕްރޮޑަކްޓުތައް އެ ކުންފުނިން ވިއްކަ އެވެ.