ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ސަފާރީއެއްގައި ޖެހި އަޑިއަށް ހިނގައްޖެ
ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ސަފާރީއެއްގައި ޖެހި އަޑިއަށް ހިނގައްޖެ

ކ. ތިލަފުށިން މާލެއަށް ލަކުޑި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ސަފާރީއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ގެއްލުންވެ ދޯނި އަޑިއަށް ހިނގައްޖެ އެވެ.

ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ސަފާރީއެއްގައި ޖެހި އަޑިއަށް ހިނގައްޖެ
ލަކުޑި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ސަފާރީއެއްގައި ޖެހި އަޑިއަށް ހިނގައްޖެ

މެރިން ޕޮލިހުން ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ 11:20 ހާއިރު ތިލަފުށިން މާލެއަށް ލަކުޑި ބަރުކޮށްގެން ދަތުރުކުރި "ހުވަނދުމާ 2" އާއި "ޔަސަވާ ޕްރިންސެސް" ސަފާރީ ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި އަޑިއަށް ދިޔަ "ހުވަނދުމާ 2" އަކީ ޓިމްބާ ހައުސްގެ ދޯންޏެކެވެ. ދޯންނަށް ލިބުނު ގެއްލުމާ އެކު ދޯނި ދިޔަވެ ވަރަށް ބޮޑަށް ވަނީ އަޑިއަށް ގޮސްފަ އެވެ. އެކަމަކު ދޯނި މިހާރު ޓީޖެޓީ ސަރަހައްދަށް ވައްދާފައިވާ ކަމަށް މެރިން ޕޮލިހުން ބުނެ އެވެ.

ދޯނި އަޑިއަށް ގޮސްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފެންނަނީ ދޯނީގައި ހުރި ލަކުޑިތައް ވެސް އޮޔާދާ މަންޒަރެވެ. މާލެއާއި ވިލިމާލެއާ ދޭތެރެއަށް ލަކުޑިތައް އޮޔާދާތީ މެރިން ޕޮލިހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުުން ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.