ތޯގެ އާ ޓްރެއިލާ: ގޯ އުޅެނީ ތޯ މަރާލަން
ތޯގެ އާ ޓްރެއިލާ: ގޯ އުޅެނީ ތޯ މަރާލަން

މާވެލް އިން ނެރޭ ފިލްމުތަކުގެ ތެރެއިން މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމު "ތޯ : ލަވް އެންޑް ތަންޑާ" ގައި ވިލަން ހުންނާނެ ގޮތް ދައްކާލައިފި އެވެ.

ތޯގެ އާ ޓްރެއިލާ: ގޯ އުޅެނީ ތޯ މަރާލަން
ތޯގެ އާ ޓްރެއިލާ: ގޯ އުޅެނީ ތޯ މަރާލަން

ޑިޒްނީން ވަނީ ތޯގެ އާ ފިލްމުގެ މުޅިން އާ ޓްރެއިލާއެއް އިއްޔެ ރިލީޒްކޮށްފަ އެވެ. އާ ޓްރެއިލާއާ އެކު ފިލްމުގެ ވަރަށް ގިނަ އާ މަންޒަރުތައް ވެސް ވަނީ ފެނިފަ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކަށް ފާހަގަވެފައިވަނީ ފިލްމުގައި ވިލަންގެ ރޯލެވެ.

ތޯގެ އާ ފިލްމަށް ވިލަނެއްގެ ރޯލަށް ހަމަޖައްސާފައިވަނީ މަޝްހޫރު އޭ ލިސްޓު ތަރި ކްރިސްޓިއަން ބޭލް އެވެ. އޭނާ ފިލްމުގައި ފެންނާނީ މާވެލް ކޮމިކްސްގެ މަޝްހޫރު ރޯލު "ގޯ"ގެ ރޯލުންނެވެ.

ގޯ މަސައްކަތް ކުރާނީ ތޯ މަރާލާށެވެ. އަދި ގޯ ބުނާގޮތުގައި ތޯ އަދި ތޯ ފަދަ ހުރިހާ އެންމެނަކީ ވެސް ވަރަށް އަމިއްލަ އެދުން ބޮޑު ބައެކެވެ. އެހެން ބަޔަކަށް އެހީ ނުވާ ބާރުގަދަ ބަޔަކު ތިބުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ބުނެ ގޯ މަސައްކަތް ކުރާނީ ތޯ މަރާލާށެވެ.

ޓްރެއިލާއިން ވަނީ ނެޓަލީ ޕޯޓްމަންގެ ޖޭން ފޯސްޓާގެ ތަފާތު މަންޒަރުތައް ވެސް ފެނިފަ އެވެ. އަދި ކްރިސް ހެމްސްވޯތުގެ ތޯ އާ ބައްދަލުވެ ދެމީހުންގެ ގުޅުމަށް ވާ ގޮތް މި ފިލްމުން ފެންނާނެ އެވެ.

ފިލްމުގައި ދެން ފެންނާނީ ޓެސާ ތޮމްސަން އެވެ. އެއީ "ވެލްކަރީ"ގެ ރޯލުންނެވެ. ދެން އޮތީ ކާޓް ރަސުލް އާއި ޓައިކާ ވަޓީޓީގެ ލޯލެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ އަށެއްގަ އެވެ.