ޖަޕާނުގެ ސަގާފީ ހެދުމަށް ތަފާތު ސްޓައިލެއް
ޖަޕާނުގެ ސަގާފީ ހެދުމަށް ތަފާތު ސްޓައިލެއް

ޖަޕާނު މީހުންނަކީ އަބަދުވެސް ތަފާތު ގޮތްތައް އީޖާދުކުރާ ބައެކެވެ. ކައިވެނި ކުރާ އަންހެން ކުއްޖާގެ ހެދުން ތަފާތު ވައްޓަފާޅިއަކަށް ލުމަކީ ޖަޕާނުގައި މިހާރު މަގޫބުލުވެގެން އުޅޭ ކަމެކެވެ.

ޖަޕާނުގެ ސަގާފީ ހެދުމަށް ތަފާތު ސްޓައިލެއް
ޖަޕާނުގެ ސަގާފީ ހެދުމަށް ތަފާތު ސްޓައިލެއް

ކައިވެނި ހަފުލާ އަކީ ޖަޕާނުގައި ވަރަށް ހާއްސަ އަދި ބޮޑުކޮށް ފާހަގަކުރާ މުނާސަބަތެކެވެ. އިންނަން އުޅޭ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ލައިގެން ހުންނަނީ ސަގާފީ ހެދުމެކެވެ. އަންހެން ކުއްޖާ ލައިގެން ހުންނަނީ ކިމޯނޯ އޭ ކިޔާ އަތް ދިގު ހެދުމެކެވެ. ނަމަވެސް، ފަހަކަށްއައިސް ގިނަ ކައިވެނި ހަފުލާތައް ބާއްވަނީ ހުޅަނގުގެ ސްޓައިލަކަށް ހުދު ގައުނެއް ލައިގެން ބޮޑު މާލަމެއްގަ އެވެ. މިގޮތް ތަފާތުކޮށްލުމަށްޓަކައި ޖަޕާނުގެ ކުންފުންޏަކުން އުފެއްދުންތެރި އާ ގޮތަކަށް ކިމޯނޯ ލެވޭނެ ގޮތެއް ވަނީ ދައްކާލައިފަ އެވެ.

ޖަޕާނުގެ ސަގާފީ ހެދުމަށް ތަފާތު ސްޓައިލެއް
ޖަޕާނުގެ ސަގާފީ ހެދުމަށް ތަފާތު ސްޓައިލެއް

ކިމޯނޯ ސްޓްރެޕްލެސް ގައުނަކަށް ބަދަލު ކޮށްލަނީ އެވެ. ކިމޯނޯގެ ދިގު އަތް ހެދުމުގެ ފަހަތުގައި ރީތި ޑިޒައިނަކަށް އައްސާލަނީ އެވެ.

މިއީ ޖަޕާނުގެ ސަގާފީ ހެދުން ތަފާތު ގޮތަކަށް ބަދަލު ކޮށްލި ފުރަތަމަ ފަހަރެވެ. ކައިވެނި ކުރާއިރު، ޖަޕާނުގެ ސަގާފީ ރަސްމިއްޔާތުތަކަށް ހިތްގައިމު ކުލަގަދަ ކިމޯނޯއެއް ލެވިދާނެ އެވެ. އަދި އެއަށްފަހު ކައިވެނި ޕާޓީއަށް ހެދުން ވަގުތުން އެކި ގޮތްގޮތަށް އައްސާލުމަށް ފަހު ސްޓްރެޕްލެސް ބޯލް ގައުނެއް ގޮތަށް ލަނީ އެވެ. މިއީ ފަހަކަށްއައިސް ގިނަ ބަޔަކު ކައިވެންޏަށް ކިމޯނޯ ލައި އުޅޭ ގޮތަކަށް ވެއްޖެ އެވެ.