އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން މީދޫ ޖަމިއްޔާއިން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި
އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން މީދޫ ޖަމިއްޔާއިން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި

މަތީ ފެންވަރުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ރ. މީދޫގެ އަމިއްލަ ޖަމިއްޔާއަކުން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި އެވެ.

އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން މީދޫ ޖަމިއްޔާއިން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި
އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން މީދޫ ޖަމިއްޔާއިން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި

އެ ރަށުގެ ޖަމިއްޔަތުއް ސަލާހުން "ރާބަދި ޗެލެންޖު"ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހު ފެށި މުބާރާތުގައި ރ. އަތޮޅުގައި ހިންގާ 15 ރިސޯޓުގެ ތެރެއިން 12 ރިސޯޓަކުން ބައިވެރިވި އެވެ.

އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން މީދޫ ޖަމިއްޔާއިން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި
އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން މީދޫ ޖަމިއްޔާއިން ފުޓްސަލްގެ ބޮޑު މުބާރާތެއް ފަށައިފި

މިއީ، ރިސޯޓުތަކަށް ހުޅުވާލައިގެން އެ ޖަމިއްޔާއިން ގެންދާ ދެ ވަނަ މުބާރާތެވެ. މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ބޭއްވި ރާބަދި ޗެލެންޖުގެ ފުރަތަމަ މުބާރާތުގައި ހަ ރިސޯޓަކުން ބައިވެރިވި ކަމަށް، ޖަމިއްޔާގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ރިސޯޓުތަކަށް ހުޅުވާލައިގެން މުބާރާތް ބާއްވަމުން އަންނަނީ އެ ރިސޯޓުތަކާއި ރަށާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުން ކަމަށެވެ.

"ރިސޯޓުތަކުން ވެސް މި މުބާރާތަށް މި ފަހަރު ވަރަށް ބޮޑަށް ތައްޔާރުވެފައިވޭ. އެ ރިސޯޓުތަކުގެ ޓީމްތައް ވެސް މި ފަހަރު މާ ވަރުގަދަ. އަދި މުޅި ރަށް ވެސް ވަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި،" އޭނާ ބުންޏެވެ.

އަންނަ އަހަރު ވެސް އެ މުބާރާތް ބާއްވަން ޖަމިއްޔާއިން ވަަނީ ނިންމައިފަ އެވެ.

މުބާރާތް ހުޅުވުމަށް އެ ރަށުގެ ފުޓްސަލް ދަނޑުގައި ވަނީ ވަރުގަދަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މުބާރާތުގެ އެއްވަނަ ލިބޭ ޓީމަށް ދޭ ޓްރޮފީ ދައްކާލާފައި ވަނީ ރިމޯޓުން ކޮންޓްރޯލް ކުރާ ބޮޑު ބޯޅައެއްގެ ތެރެއިންނެވެ. މުބާރާތަށް ހާއްސަކޮށްފައިވާ ލަވަ ވެސް ރިލީޒް ކުރި އެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ގެންދާ ރާބަދި ޗެލެންޖުގެ ފައިނަލް މެޗު އަންނަ ހަފުތާގެ އަންގާރަ ދުވަހު އޮންނާނެ އެވެ.