ބާރަށު ފަޅު އަލުން ފުންކޮށް ނިމެނީ
ބާރަށު ފަޅު އަލުން ފުންކޮށް ނިމެނީ

ހއ. ބާރަށު ނެރާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނި ގޮތުގައި، ބާރަށުގައި ކުރިން އޮތް ފަޅު އަލުން ފުންކުރުމުގެ 75 ޕަސަންޓު މިހާރު ވަނީ ނިމިފަ އެވެ.

އެރަށު ނެރުން 28،101 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 12.17 މިލިއަން ރުފިޔާ އެވެ.

ރަށްރަށުގެ ބަނދަރު ތަރައްގީކުރުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އިއްޔެ އެމްޓީސީސީން ވަނީ ތ. ހިރިލަންދޫ ބިން ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން ޕްރޮޖެކްޓް ސައިޓް ތައްޔާރުކޮށްފަ އެވެ.