ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު މަރުވެއްޖެ

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އއ. ހިމަންދޫ، ހެޕީ ރެސްޓް، އަލީ މުހައްމަދު މަރުވީ ޔުނިޓް ތެރޭގައި ހުއްޓައި ނޭވާލާން އުނދަގޫތަކެއް ވާތީ ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލުކުރި ފަހުން މިއަދު 3:30 ހާއިރު ކަމަށެވެ.

އޭނާ އަކީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމުން އެކަން އާއިލާއަށާއި އިންސްޕެކްޓާ ފޯ ކަރެކްޝަންސް އާއި ޕޮލިހާއި އެޗްއާރުސީއެމް އަދި އެންއައިސީއަށް އަންގާފައިވާ ކަމަށެވެ.