23 މެއި 2022 - 16:24

ދިރާގުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ހިޔާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް ނަސީބުވެރި ތިން މީހަކަށް އިނާމު ހަވާލު ކޮށްފި އެވެ.
ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދުނު ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް 50،000ރ. ވަނީ ހަދިޔާކޮށްފަ އެވެ. އެއްވަނަ އަށް ހޮވުނީ އަބްދުލް ރަހުމާން ހަސަނެވެ. އޭނާއަށް ވަނީ 25،000ރ. ލިބިފަ އެވެ. ދެވަނައަށް ހޮވުނު އަހުމަދު ނާޒިމަށް 15،000ރ. އަދި ތިންވަނަ ނަސީބުވެރިޔާ އަހުމަދު ޝިޔާމަށް 10،000ރ. ލިބިފައިވެ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައި ދިނުމުގެ އިތުރުން، ހިލޭ ރައުޓާ އެއްވެސް ވަނީ ދީފަ އެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޑީކޯޑާ ވެސް ލިބޭނެ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. މިހާރު ރާއްޖޭގެ ގޭބިސީގެ 84 ޕަސެންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު އޭގެ ތެރޭގައި 82 ރަށެއް ހިމެނެ އެވެ.