24 މެއި 2022 - 13:59

ކަސްރަތާއި ކުޅިވަރަށް ބޭނުންވާ ވެއާ އާއި އެހެނިހެން ތަކެތި ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ހުޅުވާފައިވާ ސްޕޯޓްސް ލިންކް ފިހާރަ އަކީ އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފިހާރައެކެވެ.

ސްޕޯޓްސް ލިންކުގެ ދެ ފިހާރައެއް މާލޭގެ ދެ ސަރަހައްދެއްގައި ވަނީ ހުޅުވައިފަ އެވެ. ސްޕޯޓްސް ލިންކުން މަސައްކަތް ކުރަމުން އަންނަނީ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ނިރޮޅު މަގުގައި ވެސް ސްޕޯޓްސް ލިންކުގެ ފިހާރައެއް ހުޅުވުމަށެވެ. ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ އެޑިޑާސް އާއި ނައިކީގެ އުފެއްދުންތައް ސްޕޯޓްސް ލިންކުން ލިބެން ހުރިއިރު، އެ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުތަކެއްގައި ލިބެން ހުރި ތަކެއްޗެވެ.

އާއްމުކޮށް އެކި ސައިޒުގެ ސްޕޯޓްސްވެއާ އެއް ތަނަކުން ލިބުމަކީ ދަތިކަމެއް ނަމަވެސް، ސްޕޯޓްސް ލިންކަކީ އިންކްލޫސިވިޓީ ބޮޑު، އެކި ސައިޒުގެ އެކި ސްޕޯޓްސް ވެއާ ލިބެން ހުރި ފިހާރައެކެވެ. އަދި ބުރުގާ އަޅާ މީހުންނާއި، ފަހުގެ ޓްރެންޑުތަކުގެ އެކި ސްޕޯޓްސްވެއާ ބޭނުންވާ ފަރާތްތަކަށް ހިތްގައިމު ކަލެކްޝަނެއް މި ތަނުގައި ލިބެން ހުންނާނެއެވެ.
ސްޕޯޓްސް ވެއާގެ އިތުރުން، ސްޕޯޓްސް ލިންކުގައި ޔޯގާ މެޓާއި، ޑަމްބެލް އާއި ގޭގައި ކަސްރަތު ކުރާ މީހުން ބޭނުން ވާނެ ކަހަލަ ގިނަ ސާމާނު ވެސް އެތަނުން ލިބެން އެބަހުއްޓެވެ. އެ ފިހާރައިގައި ހުރި ތަކެތީގެ ތެރޭގައި މި ވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތް "އެކްސަސައިޒް ބައިކް" އަކީ މިހާރު ރާއްޖޭގެ މާކެޓުން ލިބެން ހުރި އެންމެ ހެޔޮ އަދި އެންމެ ކޮލިޓީ ރަނގަޅު އެއް ބައިކެވެ.
ސްޕޯޓްސް ލިންކުގެ މާލޭގެ އެއް ފިހާރަ ހުޅުވާފައި ވަނީ ޗާންދަނީ މަގުގަ އެވެ. ދެ ވަނަ ފިހާރަ ހުންނަނީ މަޖީދީމަގުން އަލިކިލެގެފާނު މަގާ ދިމާލުގައެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި ޕިކް ޕޯސްޓާ ޖެހިގެން ހުޅުވާ ސްޕޯޓްސް ލިންކުގެ ތިން ވަނަ ފިހާރައިގެ ސަބަބުން ފަސޭހަ ކަމާ އެކު އެ ފިހާރައިގެ މުދާ ލިބޭނެ އެވެ. ކުޅިވަރާއި ކަސްރަތުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ސްޕޯޓްސް ލިންކުން ކަސްޓަމަރުން އެދޭ ފަދަ ގިނަ ޕްރޮޑަކްޓުތަކެއް އަދިވެސް މާކެޓަށް ނެރެމުން ދާނެއެވެ.
ނޯޓް: މިއީ ސްޕޯޓްސް ލިންކުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.