23 މެއި 2022 - 06:35

އިންޑިއާގެ ޓީވީ ތަރި، އަލީ ގޯނީ އާއި ޖޭސްމިން ބާސިން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ އިޝާރާތެއް ދީފި އެވެ.

ސޯޝަލް މީޑިއާގައި އަލީ އާއި ޖޭސްމިން ވެސް ވަނީ ސަޕޯޓަރުންނަށް ވަރަށް މުހިންމު ވާހަކައެއް ހިއްސާކުރަން އޮތް ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ނަމަވެސް، އެއީ ސީދީ ކޮން ވާހަކައެއް ކަމެއް އަދި ނުބުނެ އެވެ.
އަލީ އާއި ޖޭސްމިން ބުނި ގޮތުގައި އެމީހުން ވަނީ އެ ވާހަކަ މައިންބަފައިންނަށް ވެސް މިހާރު ހިއްސާކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ތާރީހެއް އިއުލާންކުރާނެ ކަމަށް ވެސް ބުންޏެވެ. އެހެންވެ، ބެލެވެނީ އެ މީހުން ކައިވެނިކުރަން އުޅެނީ ކަމަށެވެ.
އެމީހުން ބުނީ، އެއީ އެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ވެސް ގެންދަން އޮތް ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، ކައިވެނީގެ ވާހަކަ ސީދާ ނުބުންޔަސް، ގިނަ ބަޔަކު ކިޔަނީ އެއީ އެމީހުން ކައިވެނި ކުރިން ދިން އިޝާރާތެއް ކަމަށެވެ.
އަލީ އާއި ޖޭސްމިން ރައްޓެހިވީ ބިގްބޮސް 14 ގައި އެމީހުން އުޅުނު އިރުގަ އެވެ. ޖޭސްމިން ކުރިން ބުނި ގޮތުގައި އޭނާގެ ކޮންމެ ދުވަހެއް ވެސް ފުރިހަމަ ވަނީ އަލީގެ ސަބަބުން ކަމަށެވެ.