22 މެއި 2022 - 14:42

އެސްޓީއޯ އިން ތިލަމާލެ ބްރިޖަށް ބޭނުންވާ 100 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓް ފޯރުކޮށްދީފި އެވެ.
ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް، ތިމަލާމެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ފޯރުކޮށްދޭން އެސްޓީއޯއާ އެކު އެފްކޮން އިންފްރާސްރަކްޗާ ލިމިޓެޑުން މިދިޔަ ހަފްތާގައި ސޮއި ކުރި އިރު އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެ ޕްރޮޖެކްޓަށް ބޭނުންވާ ކޮންކްރީޓް ފޯރުކޮށްދީފަ އެވެ.
މި ޕްރޮޖެކްޓަށް އެސްޓީއޯއިން ފޯރުކޮށްދެނީ "ހައި ސްޓްރެންތު" ކޮންކްރީޓެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް އެސްޓީއޯއިން ވަނީ ގާއިމްކޮށްފަ އެވެ.
އެއް އަހަރު ދުވަހަށް ސޮއި ކުރި މި އެގްރީމަންޓްގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓް އެސްޓީއޯއިން ފޯރުކޮށްދޭނެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، މިފަދަ މުހިއްމު ޕްރޮޖެކްޓެއް ހަގީގަތަކަށް ހެދުމުގައި އެ ކުންފުންޏަށް ބައިވެރިވެރިވެވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަަތް ކުރަން އިންޑިއާގެ އެޕްކޮންއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މި ޕްރޮޖެކްޓް ހިންގަނީ އިންޑިއާއިން 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއްގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ވިލިމާލެ އާއި މާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅާލާނެ އެވެ.