ލޯންޗް އެކްސިޑެންޓެއް ހިނގައި، ދެ މީހަކު މަރުވެއްޖެ
ލޯންޗް އެކްސިޑެންޓެއް ހިނގައި، ދެ މީހަކު މަރުވެއްޖެ

ގއ. ވިލިނގިލީގައި މިރޭ ހިނގި ލޯންޗު އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.

ލޯންޗް އެކްސިޑެންޓެއް ހިނގައި، ދެ މީހަކު މަރުވެއްޖެ
ލޯންޗް އެކްސިޑެންޓެއް ހިނގައި، ދެ މީހަކު މަރުވެއްޖެ

އެ އެކްސިޑެންޓް ހިނގާފައިވަނީ ވިލިނގިލީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި، ނެރުގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި މޫދަށް ވެއްޓި، ގެއްލުނު ދެ މީހުން ހޯދަމުން ދަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް މިސްބާހް އަބްދުލް މުހުސިނާއި ނ. ލަންދޫ އުރަހަ މުހައްމަދު ޟާފިއު އެވެ.

ފުލުހުން ބުނިގޮތުގައި އެކްސިޑެންޓްވިއިރު ލޯންޗްގައި ފަސް މީހުން ތިއްބެވެ.

ބާކީ ތިބި ތިން މީހުންނަށް އެކި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ހާލަތާ ބެހޭ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

އެ މީހުން މިހާރު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވިލިނގިލި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ ތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.