އެސޯސިއޭޝަން ކަޕް ކޮލިފިކޭޝަންގައި ވެމްކޯ އާއި އޮފްއެފްސީ މޮޅުވެއްޖެ
އެސޯސިއޭޝަން ކަޕް ކޮލިފިކޭޝަންގައި ވެމްކޯ އާއި އޮފްއެފްސީ މޮޅުވެއްޖެ

ވީއޭއެއެމް އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ރައުްނޑް ނުވަތަ ކޮލިފިކޭޝަން ރައުްނޑްގައި ފުރަތަމަ ކުޅުނު މެޗުތަކުން އޮފްއެފްސީ އާއި ކްލަބް ވެމްކޯ މޮޅުވެއްޖެ އެވެ.

އިއްޔެ ފެށި ކޮލިފިކޭޝަން ރައުންޑްގެ ފުރަތަމަ މެޗުގައި އެސްޕިރޭޝަން ފޯ އޯލް އިނިޝިއޭޓިވް (އާއި) ސްޕޯޓްސް އާވާދަކޮށް، އެފްއެފްސީ މެޗުތައް ކާމިޔާބުކުރި ސީދާ ތިން ސެޓުންނެވެ. އޮފްއެފްސީ ސެޓްތައް ގެންދިޔައި 25-12، 25-17 އަދި 25-12 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮފްއެފްސީގެ ހުސައިން ސައީދު އެވެ.

ދެވަނަ މެޗުގައި ވެމްކޯ ކުރި ހޯދީ އައްޑޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ސިދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. ވެމްކޯއިން ސެޓްތައް ގެންދިޔައީ 25-12، 25-18، 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އިސްމާއީލް ސާޖިދު އެވެ.

ކޮލޮިފިކޭޝަން ރައުންޑް ކުރިއަށް ދަނީ ހަތަރު ޓީމުގެ މެދުގަ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު މުބާރާތަށް ކޮލިފައި ވަނީ ގަދަ ދެޓީމެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި އާއި ސްޕޯޓްސް ނުކުންނާނީ އައްޑޫ ސްޕޯޓްސް އާ ދެކޮޅަށެވެ. މިރޭ ކުޅޭ ދެވަނަ މެޗު ގައި ވެމްކޯ އާއި އޮފްއެފްސީ ކުޅޭ މެޗު ފޯރިގަދަ ވާނެ އެވެ. ފުރަތަމަ މެޗުތަކުން މި ދެޓީމު މޮޅުވެފައިވުމާއެކު، މިރޭ ކުޅޭ ޓީމަކަށް ކޮލިފައިވެވޭނެ އެވެ.