އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި
އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި

އިންޑިއާޣެ ބެންގަލޫރުގައި ކުރިއަށްދާ، އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފި އެވެ.

އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި
އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި

މިއަދު ހެނދުނު ކުޅުނު ފައިނަލްގައި ނަބާ މޮޅުވީ، އިންޑިއާގެ އާކީޝާ ގޯޝް ބަލި ކުރުމަށްފަހު އެވެ. ސީދާ ދެ ސެޓުން އަކީޝާ ބަލި ކުރީ ފުރަތަމަ ސެޓް ވަރަށް ވާދަވެރިކޮށް ކުޅުމަށް ފަހު އެވެ.

އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި
އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި

ފުރަތަމަ ސެޓް ނަބާ ކާމިޔާބު ކުރީ ފަހަތުން އަރައި ކުރި ހޯދައިގެންނެވެ. ސެޓް ފަށައިގެން އަކީޝާ އޮތީ 3-1 ން ލީޑްގަ އެވެ. އެކަމަކު ނަބާ ވަނީ ފަހަތުން އަރައި 6-4 ސެޓް ކާމިޔާބުކޮށްފަ އެވެ. ނަބާ، 12، އާ ދެކޮޅަށް ވާދަކުރި އަކީޝާ އަކީ 14 އަހަރުގެ ކުޅުންތެރިޔެކެވެ. ދެވަނަ ސެޓް ކުރީ ހޯދީ 6-2 ގެ ތަފާތަކުންނެވެ.

މުބާރާތުގައި ބެންގަލޫރުގެ ކުޅުންތެރިންގެ އިތުރުން، ކަރްނާޓަކާ ސްޓޭޓްގެ އެހެން ސިޓީތަކަށް ނިސްބަތްވާ ކުޅުންތެރިންނާއި އިންޑީއާޣެ އިތުރު ފަސް ސްޓޭޓަކަށް ނިސްބަތްވާ ކުޅުންތެރިން މުބާރާތުގައި ވާދަކުރި އެވެ.

މުބާރާތް ނަފާ ފެށީ ކޮލިފައިން ރައުންޑުންނެވެ. އެރައުންޑުން ކޮލިފައިވެ. މެއިން ޑްރޯގައި އޭނާ ވާދަކުރީ ދެވަނަ އަށް ސީޑް ކޮށްފައިވާ އާރްނާ ރާޖް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނަބާ ސެޓްތައް ގެންދިޔައީ އާރްނާ 6-1 އަދި 6-3 ންނެވެ.

ބެންގަލޫރުގެ ސްޕޯޓްސް އެކަޑަމީ ޓިރޫގެ ކޯޓްގައި ކުރިއަށްގެންދާ މުބާރާތުގެ ސެމީ ފައިނަލްގައި އިއްޔެ ނަބާ ނުކުތީ ހަތަރުވަނަ އަށް ސީޑްކޮށްފައިވާ،. ތާނޫ ވިޝްވާސް އާވާދަކޮށް 6-2، 6-2 ން ދެ ސެޓް ވެސް ކާމިޔާބުކޮށްގެންނެވެ. ނަބާއާ ދެކޮޅަށް ފައިނަލްގައި ވާދަކުރި އާކީޝާ ވަނީ ސެމީ ފައިނަލްގައި، ޓޮޕް ސީޑް، ދިޝާ ކުމާރުގެ މައްޗަށް 6-3 އަދި 7-6 ކުރި ހޯދި އެވެ. އެކަމަކު ނަބާއާ ދެކޮޅަށް ކުޅެން އޭނާ އަށް އުނދަގޫވި އެވެ.

އިންޑިއާޣެ ޓެނިސް އެސޯސިއޭޝަންގެ ސީ ސެވަންގެ ނަމުގައި ކުރިއަށްދާ މުބާރަތަކީ އިންޑިއާގައި ނަބާ ކާމިޔާބު ކުރި ދެވަނަ މުބާރާތެވެ. ފެބްރުއަރީ މަހު ބޭއްވި ބެންގަލޫރުގެ ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އޭނާ ހޯދި އެވެ. އެެ މުބާރާތުގެ 12 އަހަރުން ދަށުގެ ފައިނަލްގައި ނަބާ ކާމިޔާބު ހޯދީ، ރިޝްކާ ކުމާރް އާވާދަކޮށް 6-1 ސެޓުން ކުރި ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކުޅުނު ހަ މެޗު ވެސް ނަބާ ކާމިޔާބުކުރި އެވެ.

މީގެ ކުރިން ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ކާމިޔާބު ކުރި ނަބާ އަށް ޓެނިހުގެ ތެރެއަށް ނަބާގެ ހިތްޖެހުނީ ތިމާގެ ކުއްޖަކާ އެކު ޓެނިސް ކުޅެން ގޮސް އުފެދުނު ޝައުގުވެރިކަމުގެ ސަބަބުން ކަމަށް، އޭނާ ބުނެފައިވެ އެވެ.

"ފިޓްކޮށް ހުންނަން ވެގެން ސްޕޯޓްސްއެއްގައި ހަރަކާތްތެރިވުމުގެ ގޮތުން ކަޒިންއަކާ އެކު ގޮސް ޓެނިސް ކުޅެން ފެށީ. ސަބަބަކީ އޭގެ ކުރިން ކުޅުނު އެއްވެސް ކުޅިވަރެއްގައި މާ ބޮޑަކަށް ވޯކް ކުރާ ގޮތެއް ނުވި. އެކަމަކު ޓެނިސް ކުޅެން ފެށީމަ ޝައުގުވެރިވީ،" މެޑިކަލް ދެ ޑޮކްޓަރުން ކަމަށްވާ، ޑރ. އަހްމަދު ނިޝާން އާއި ޑރ. ނަޒްމާ ހަމީދުގެ ދަރިފުޅު ބުނެފައި ވެއެވެ.

މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހޯދި ނަބާ އަކީ ރާއްޖޭގެ ގައުމީ ޓެނިސް މުބާރާތުގެ ތާރީހުގައި ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އެތުލީޓެވެ. ނޮވެމްބަރު މަހު ބޭއްވި އެމުބާރަތުގެ އޯޕަން ސިންގަލްސްގެ އިތުރުން އެ މުބާރާތުގެ އިތުރު ދެ ކެޓެގަރީއަކުން އޭނާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެއް އަހަރު ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއްގައި ނަބާ، 12، ތަމްރީން ހަދަމުން ގެންދަނީ އިންޑިއާގެ އެންމެ ބޮޑު އެއް އެކަޑަމީގަ އެވެ. ބެންގަލޫރުގައި ގާއިމުކޮށްފައިވާ މި އެކަޑަމީ އަކީ ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ އެކަޑަމީ އެކެވެ. ނަބާގެ ޓްރޭނިންތައް ކުރިއަށް ގެންދިިއުމަށް، އޭޑީކޭ ހޮސްޕިޓަލްގެ ސިނިއާ ގައިނޮކޮލޮޖިސްޓްގެ މަގާމު ކުރިން އަދާކުރެއްވި ޑރ. ނަޒްމާ ވަނީ އެ މަގާމުން ވަކިވެވަޑައިގެން ބެންގަލޫރަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

ޑރ. ނިޝާން ވިދާޅުވީ ކޮންމެ ދުވަހަކު ފަސް ގަޑިއިރު ނަބާގެ ޓްރޭނިންތައް އެ އެކަޑަމީގައި ކުރިއަށްގެންދާ ކަމަށެވެ. އެއީ ހެނދުނު ތިންގަޑިއިރު އަދި ހަވީރު ދެގަޑިއިރެވެ. ނަބާގެ ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ "އޮންލައިން ސްކޫލިން" މެދުވެރިކޮށެވެ.