އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު" ފަށައިފި
އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު" ފަށައިފި

އަގުހުރި އިނާމުތަކާ އެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި "ކްރޫގާސް ޗެލެންޖު"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު" ފަށައިފި
އަގުހުރި އިނާމުތަކާ އެކު އެސްޓީއޯގެ "ކްރޫގާ ޗެލެންޖު" ފަށައިފި

މިއީ، އެސްޓީއޯގައި ވިއްކަމުން އަންނަ ކްރޫގާ ބްރޭންޑުގެ ޕްރޮޑަކްޓުތައް އިތުރަށް މާކެޓުކޮށް ވިއްކުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ސޯޝަލް މީޑިއާ ޗެލެންޖެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފަ އެވެ.

މި ޗެލެންޖުގައި ބައިވެރިވެވޭނީ ކްރޫގާ ބްރޭންޑުގެ ޕްރޮޑަކްޓަކުން ކާއެއްޗެއް ތައްޔާރު ކުރުމަށް ފަހު STOKrugerChallenge# އާ އެކު ސޯޝަލްމީޑިއާގައި ޕޯސްޓްކުރުމުންނެވެ. މީގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް އެންމެ ގިނަ ލައިކްސް ނުވަތަ ރިއެކްޝަން ލިބޭ ޕޯސްޓުގެ ވެރިފަރާތަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ކްރޫގާ ބްރޭންޑުގެ ޕްރޮޑަކްޓުތަކުން ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އަދި ގުރުއަތެއް ބާއްވައި، އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބެނެލީ ޕެނެރިއާ ސައިކަލެއް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ކަނޑައަޅާފައި ވަނީ އައިފޯން13 ޕްރޯމެކްސް 256 ޖީބީ އެވެ. ތިން ވަނަ އަށް ފިލިޕްސް 55 އިންޗީގެ ޓީވީއެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މެއި 19 އިން 31 ޖުލައިގެ ނިޔަލަށެވެ.

ކްރޫގާ ބްރޭންޑަކީ އެސްޓީއޯއިން އިމްޕޯޓުކޮށް ވިއްކަމުން އަންނަ ޖަރުމަނުގެ ބްރޭންޑެކެވެ. މި ބްރޭންޑުގެ ޕާސްތަނޫސާގެ ކޮކްލެޓް ޑުއޯގެ ޕްރޮޑަކްޓްތަކަށް ދިވެހިންގެ މަގުބޫލުކަން ލިބިފައިވެ އެވެ.