18 މެއި 2022 - 17:29

ވިލާ ކޮލެޖުން، ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓަންޓަސް (ސީމާ) ޕްރޮގްރާމެއް ތައާރަފުކޮށްފި އެވެ.
ސީމާ ޕްރޮގްރާމަކީ ފައިނޭންސްގެ އިތުރުން ބިޒްނަސް ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް ފައިދާ ކުރުވަނިވި މުހިންމު ޕްރޮގްރާމެއް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ. އަދި މިއީ އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް އެހީތެރިވާނެ ޕްރޮގްރާމެއް ކަމަށް ބުންޏެވެ.
ސީމާ ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް އިން ބިޒްނަސް އެކައުންޓިން ލެވެލް އާއި އޮޕަރޭޝަނަލް ލެވެލް އާއި މެނޭޖްމެންޓް ލެވެލް އަދި ސްޓްރެޓެޖިކް ލެވެލް އާއި ސީޖީއެމްއޭ ފައިނޭންސް ލީޑާޝިޕްގެ ބައިތަކެވެ.
ސީމާގެ އޮޕަރޭޝަނަލް ލެވެލްގެ ޕްރޮގްރާމަކީ ކޮވިޑް-19 ގެ އިންކަމް ސަޕޯޓުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. އެހެންވެ، އެ ޕްރޮގްރާމަށް ފަންޑު ކުރާނީ ސަރުކާރުން ކަމަށާއި ކޮންމެ މަހަކު 5،000ރ. ގެ އިނާޔަތެއް ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނިގޮތުގައި، އެ ކޮލެޖުގައި މިހާރު ކިޔަވާ ދަރިވަރުންނަށް ވެސް ސީމާ ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.