ޕަޔަލް ބަލި ގަބޫލުނުކޮށް ކަންގަނާ އަށް ރުޅި ބާލައިފި
ޕަޔަލް ބަލި ގަބޫލުނުކޮށް ކަންގަނާ އަށް ރުޅި ބާލައިފި

ކަންގަނާ ރަނައުތު ހޮސްޓް ކުރި "ލޮކް އަޕް" އިން ބަލިވުމުން އޭގައި ބައިވެރިވި ޕާޔަލް ރޯޔަތުގީ އޭނާގެ ރުޅިގަނޑު ކަންގަނާ އަށް ބާލައިފި އެވެ.

ޕަޔަލް ބަލި ގަބޫލުނުކޮށް ކަންގަނާ އަށް ރުޅި ބާލައިފި
ޕަޔަލް ބަލި ގަބޫލުނުކޮށް ކަންގަނާ އަށް ރުޅި ބާލައިފި

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު ހުށަހެޅި ފުރަތަމަ ޝޯ "ލޮކް އަޕް"ގެ ފުރަތަމަ ސީޒަނުން މޮޅުވީ މުނައްވަރު ފާރުގީ އެވެ. ސްޓޭންޑްއަޕް ކޮމީޑިއަނެއްގެ ގޮތުގައި މަސައްކަތްކުރާ މުނައްވަރު އެ ޝޯ ކާމިޔާބުކުރީ ޕާޔަލްއާ ވާދަކޮށްގެންނެވެ.

އެ ޝޯގައި މޮޅުވާ ބައިވެރިޔަކު ހޮވުމުގެ ބާރު އޮންނަނީ ކަންގަނާ އަށެވެ. މުނައްވަރު އެ ޝޯއިން އެއް ވަނަ ދިޔަކަން އިއުލާންކުރިތާ ދެ ހަފުތާވީ އިރު ވެސް ޕާޔަލް ހުރީ ބަލި ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

ޕާޔަލް އޭނާގެ އިންސްޓަގްރާމްގައި ބުނީ ބިގްބޮސްގެ ހޯސްޓް ސަލްމާން ޚާންގެ އީދު ޕާޓީ އަށް އެޓެންޑުވި ފަހުން ކަންގަނާ ވަނީ މުނައްވަރު އެއް ވަނަ އަށް ހޮވަން ނިންމައިފަ އެެވެ.

"ޖޮބްލެސް ސެލެބްރިޓީ" އިން އޭނާ އަށް ޓާގެޓްކުރީ ކަމަށް ވެސް ބުންޏެވެ. އަދި ކަންނެތް މީހަކު މޮޅުވި މީހެއްގެ ގޮތުގައި އިއުލާންކުރިއިރު، އެ ޝޯ ބެލި ނަމަ ޕާޔަލް އަކީ ވަރުގަދަ މީހެއް ކަން އެނގުނީސް ކަމަށް އޭނާ ބުންޏެވެ.

އެ ރުޅިގަނޑާ އެކު ޕާޔަލް ބުނީ އޭނާގެ އިންސްޓަގްރާމުން ކަންގަނާ އަން-ފޮލޯކޮށްލަން ނިންމައިފިން ކަމަށެވެ.

ޕާޔަލް އެގޮތަށް ޕޯސްޓެއް ކުރިޔަސް، އެ ދުވަހު މޮޅުވި މީހާގެ ނަން އިއުލާންކުރުމާ އެކު ވެސް އެ ކަހަލަ ހިތްހަމަނުޖެހުމެއް އޭނާގެ ފަރާތަކުން ނުފެނެ އެވެ. އެކަމަކު އެ ޝޯގައި މުނައްވަރާއި ޕާޔަލްގެ މެދުގައި އަބަދު ވެސް ދެބަސްވުންތައް ހިނގާފައިވެ އެވެ.

މޮޅުވި ބައިވެރިޔާ، ކަންގަނާ ހޮވިޔަސް އާންމުންގެ ފަރާތުން އެންމެ ގިނަ ވޯޓު ލިބުނު ބައިވެރިއަކީ ވެސް މުނައްވަރެވެ.