18 މެއި 2022 - 11:49

އދ. ދިގުރަށު ބިން ބޭނުން ކުރުމުގެ ޕްލޭނަށް ގެނައި ބަދަލެއްގެ ދަށުން ދެ ބިމެއް ކުއްޔަށް ދިނުން މަޑުޖައްސާލަން އެރަށު ކައުންސިލްގެ މައްޗަށް ކޯޓުން އަމުރު ނެރެފި އެވެ.
ދިގުރަށު ބިން ބޭނުން ކުރުމުގެ ޕްލޭނަށް ގެނައި ބަދަލުގެ ދަށުން، ގޯއްޗަކާ އިންވެގެން އިތުރު ދެ ބިމެއް ކައުންސިލުން އިތުރުކުރި އެވެ. އެއީ ގެސްޓްހައުސްއެއް ހަދަމުންދާ ބިމަކާ އިންވެގެންނެވެ. އެތަނުގެ ވެރިފަރާތުން ދައުވާކުރީ އެކަން ހުއްޓުވުމަށެވެ.
ދިގުރަށު ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނުނިމެނީސް، އެ ދެ ބިން އެހެން ފަރާތަކަށް ކުއްޔަށް ދީފި ނަމަ ދައުވާކުރާ މީހާގެ ހައްގުތަކެއް ގެއްލިދާނެ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުނަސް، ކައުންސިލަށް މާލީ ގޮތުން ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް އެ އަމުރުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ނިމެންދެން އެ ދެ ބިން އެހެން ފަރާތަކަށް ކުއްޔަށް ދިނުން މަޑުޖައްސާލަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
ދިގުރަށު ކައުންސިލުން ބުނީ ލޭންޑް ޔޫސް ޕްލޭނަށް އެ ގެނައި ބަދަލަކީ 2019 ވަނަ އަހަރު ގެންނަން ނިންމާފައި އޮތް ބަދަލެއް ކަމަށެވެ. އެ ބަދަލުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވެސް އޮތީ ބަލައިގެންފައި ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ އަމުރު ނެރުމުގެ ކުރިން ވެސް، އެރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ހުއްޓާލަން އެ ކޯޓުގެ އެހެން މައްސަލައެއްގައި ވަނީ އޮތީ އަމުރެއް ނެރެފަ އެވެ.