ޕަރިނީތީ، ޕަޑީއާ އެކު ކަނޑުތައް ހިމާޔަތްކުރަން ނުކުމެއްޖެ
ޕަރިނީތީ، ޕަޑީއާ އެކު ކަނޑުތައް ހިމާޔަތްކުރަން ނުކުމެއްޖެ

ކަނޑުގެ ދިރުންތަކުގެ ހިމާޔަތުގައި ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ ނުކުމެއްޖެ އެވެ.

ޕަރިނީތީ، ޕަޑީއާ އެކު ކަނޑުތައް ހިމާޔަތްކުރަން ނުކުމެއްޖެ
ޕަރިނީތީ، ޕަޑީއާ އެކު ކަނޑުތައް ހިމާޔަތްކުރަން ނުކުމެއްޖެ

ޕަރިނީތީގެ ހިތުން، މޫދަށް ހާއްސަ ލޯތްބެއް އުފެދުނީ 2013 ގައި ބަލީ އަށް ކުރި ޗުއްޓީ ދަތުރެއްގައި ފުރަތަމަ ފަހަރަށް ޑައިވްކުރަން ދިއުމަށް ފަހު އެވެ. އެ ޑައިވަށް ފަހު އޭނާ ވަނީ ޕަޑީ އޯވަން ވޯޓާ ޑައިވާ ސެޓިފިކެޓް ވެސް ހޯދައިފަ އެވެ.

ޕަރިނީތީ، ޕަޑީއާ އެކު ކަނޑުތައް ހިމާޔަތްކުރަން ނުކުމެއްޖެ
ޕަރިނީތީ، ޕަޑީއާ އެކު ކަނޑުތައް ހިމާޔަތްކުރަން ނުކުމެއްޖެ

އޭގެ ފަހުން އާއިލާގެ މީހުންނާއި ރައްޓެހިން ވެސް ސްކޫބާ ޑައިވިނަށް ހިތްޖެއްސުވި އެވެ. ފުރަތަމަ ޑައިވަކީ އޭނާގެ ދިރިއުޅުން ބަދަލުކުރުވާ ފަދަ ތަޖުރިބާއަކަށްވި ކަމަށާއި އެ ދުވަހު މޫދުން އެރި ގޮތަށް ރޮވުނު ކަމަށް ޕަރިނީތީ ބުންޏެވެ.

އޭގެ ފަހުން އޭނާ ކޮންމެ ތިން މަހަކުން އެއް ފަހަރު ޑައިވިނަށް ދެވޭތޯ މަސައްކަތްކުރެ އެވެ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްގެ ގޮތުގައި ޕަރިނީތީ ސިފަކުރާއިރު، އޭނާ ބުނީ މޫދާ ނުލާއި، އޭނާ އަށް ދެން ނޫޅެވޭނެ ކަމަށެވެ.

"މިހާރު އެއީ އެއާ ނުލާއި އަހަންނަށް ނޫޅެވޭނެ ތަނަކަށް ވަނީ ވެފައި. ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް އަހަރެން ބަލަން ތިން މަހުން އެއް ފަހަރު ޑައިވަށް ދެވޭތޯ،" އެތަން ރައްކާތެރިކުރަން ބޭނުންވާ ކަމަށް ބުނެ ޕަރިނީތީ ބުންޏެވެ.

އޭނާ ބުނީ އޭނާ ޑައިވްކުރަން ފެށި ފަހުން މޫދު އަޑި އަށް އަންނަ ބަދަލުތައް ވަރަށް ގާތުން ފެންނަން ފެށި ކަމަށެވެ. ޓޫރިޒަމް އޮސްޓްރޭލިއާގެ އެމްބެސެޑާއެއްގެ ގޮތުގައި މަސައްކަތްކުރިއިރު މުރަކަތައް ހުދުވުމާއި އިތުރު އެކި ގޮތްގޮތަށް ލިބޭ ގެއްލުންތައް ފެނުނު ކަމަށް ބުންޏެވެ. އަދި އެކަމަކީ ވަރަށް ބޮޑަށް ދެރަވި ކަމަށް ވެސް ބުންޏެވެ.

އެހެންވެ، މަގުސަދަކާ އެކު ޑައިވްކުރާ މީހަކަށް ވާން އޭނާ ބޭނުންވާ ކަމަށް ބުނެ ޕަރިނީތީ ބުނީ ޕަޑީ ޑައިވަރެއްގެ ހައިސިއްޔަތުން މޫދުގެ ހިމާޔަތުގައި ނުކުންނަން ބޭނުންވާ ކަމަށާއި އެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަނޑުގެ ދިރުންތަކަށް ބޭނުންވާ ކަމަށެވެ.

ޕަރިނީތީ ބުނި ގޮތުގައި މި އަހަރަށް، މޫދާ ގުޅޭ، އޭނާގެ ގިނަ ޕްލޭންތަކެއް އެބަހުއްޓެވެ.