ސާފިން ލީގުގެ މުލީ މުބާރާތުގެ ޖޫނިއާ ފައިނަލަށް ޖުމާން އާއި ޝާނިފް
ސާފިން ލީގުގެ މުލީ މުބާރާތުގެ ޖޫނިއާ ފައިނަލަށް ޖުމާން އާއި ޝާނިފް

މިހާރު ކުރިއަށްދާ ދިވެހި ސާފިން ލީގުގެ ދެވަނަ މުބާރާތް، މުޅީކޮޅުރާޅުގަނޑުގެ ޖޫނިއާ ބައިގެ ފައިނަލަށް ޖުމާން މުހައްމަދު އާއި ޝާނިފް ޝަފީގް ދަތުރުކޮށްފި އެވެ.

ސާފިން ލީގުގެ މުލީ މުބާރާތުގެ ޖޫނިއާ ފައިނަލަށް ޖުމާން އާއި ޝާނިފް
ސާފިން ލީގުގެ މުލީ މުބާރާތުގެ ޖޫނިއާ ފައިނަލަށް ޖުމާން އާއި ޝާނިފް

ޖޫނިއާ ފައިނަލާއި އޯޕަން ޑިވިޝާންގެ ސެމީ ފައިނަލް އަދި ފައިނަލްގެ ކުރިމަތިލުންތައް މާދަމާ އޮންނާނެ އެވެ.

ޖުމާން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ޝައިހާން ހުސައިން ސޮލާހް ބަލިކުރުމަށްފަހު އެވެ. ސެމީގެ ފުރަތަމަ ހީޓްގައި ޖުމާން ވަނީ ހަތަރު ރާޅުން 10.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. ފަސް ރާޅުން ޝައިހާން ހޯދީ 5.83 ޕޮއިންޓެވެ.

ޝާނިފް ފައިނަލަށް ދަތުރުކުރީ ހީޓް 2 ގައި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ ވާދަކޮށް، 7.17 ޕޮއިންޓްގެ ތަފާތަކުންނެވެ. ޝާނިފް ކުރި ހޯދީ 11.67 ޕޮއިންޓުންނެވެ. ކަޔާން އަށް ހޯދުނީ 4.50 ޕޮއިންޓެވެ.

ކަޔާން ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލް ހީޓް 1 ގައި ޝައިހާންގެ ފަހަތުން ދެވަނަ ހޯދައިގެންނެވެ. ކުއާޓާގައި ޝާނިފް ދިޔައީ ހީޓް 2 ގެ އެއްވަނަ އަށެވެ. އެހީޓްގެ ދެވަނަ ހޯދީ ޖުމާން މުހައްމަދެވެ. މާދަމާ ފައިނަލް ވާނީ އަނެއްކާ ވެސް މި ދެ ރާޅާއެޅުންތެރިންގެ ކުރިމަތިލުމަކަށެވެ. ކުއާޓާގެ ހީޓްގައި ޝާނިފް ވަނީ 15.66 ޕޮއިންޓް ހޯދައިފަ އެވެ. ޖުމާން ވަނީ 10.46 ޕޮއިންޓް ހޯދައިފަ އެވެ.

އޯޕަން ޑިވިޝަންގެ ސެމީ ފައިނަލަށް އެންމެފަހުގެ ގައުމީ ޗެމްޕިއަން ހޫދު އަހްމަދާއި ސާފިން ލީގުގެ ފުރަތަމަ މުބާރާތް، "ކަޅެގަލެކޮޑާ" ގެ ރަނަރަފް ނަޖާހް ވަނީ ދަތުރުކޮށްފަ އެވެ. ސެމީގައި ހޫދު ވާދަކުރާނީ އަހްމަދު އާގިލް (އަންމަޑޭ) އާ ދެކޮޅަށެވެ. ނަޖާހް ވާދަކުރާނީ ޖައިލަމް ނިޒާރުއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލްގައި އެންމެ ވާދަވެރިކޮށް ދިޔައީ ނަޖާހް އާއި ހޫދު އަދި ޖިނާން ވަދަކުރި ހީޓް 2 ކެވެ. ހީޓްގެ އެއްވަނަ ނަޖާހް ހޯދީ ކުޑަކުޑަ ތަފާތަކުންނެވެ. އަށް ރާޅުގައި އަޅައިގެން ނަޖާހް ވަނީ 9.73 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ހޫދު ދެ ރާޅުން ސްކޯ ކުރީ 9.63 ޕޮއިންޓެވެ. ހީޓް 1 ގައި އެއްވަނަ ހޯދީ އަންމަޑޭ އެވެ. ހަ ރާޅުން އޭނާ ވަނީ 12.53 ޕޮއިންޓް ހޯދައިފަ އެވެ. ޖައިލަމް ހޯދީ 10.67 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ މުހައްމަދު ފަޔާޒު (ޕެލޭ) ހޯދީ 8.60 ޕޮއިންޓެވެ.