ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓްގެ ހިދުމަތް ދިގުރަށަށް
ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓްގެ ހިދުމަތް ދިގުރަށަށް

ހަލުވި ސްޕީޑާ އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް އދ. ދިގުރަށަށް ތައާރަފްކޮށްފި އެވެ.

މި ހިދުމަތާ އެކު އެރަށު މީހުންނަށް ހަލުވިކަމާ އެކު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި، އެކި ކަހަލަ ޑޭޓާ ޕެކޭޖުތައް ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ ވަރުގަދަ ނެޓްވޯކް ކަވަރޭޖަކާއި ހަލުވި ސްޕީޑެއްގައި އެ ހިދުމަތް ދިގުރަށުގެ މީހުންނަށް ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއްކަމަށެވެ.

"މި ހިދުމަތާ އެކު ދިގުރަށުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.

ދާދި ފަހުން އޫރިދޫން ވަނީ ސުޕަނެޓް ޕެކޭޖުތަކަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، އިންޓަނެޓްގެ ސްޕީޑް ފަސް ގުނައަށް އިތުރު ކުރުމާއި، 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތް ވަނީ ހަދައިފަ އެވެ.

މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުވިވާނެ އެވެ.