17 މެއި 2022 - 13:12

ސިމްޑީ ކުންފުނިން މިދިޔަ ރޯދަ މަހާ ދިމާކޮށް ހިންގި ޕްރޮމޯޝަންގެ 100،000ރ. ގެ ނަސީބުވެރިޔަކަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ހޮވިއްޖެ އެވެ.

އެ ކުންފުނިން ދިޔަ މާޗު 15 އިން މިދިޔަ މަހުގެ 30 ނިޔަލަށް ކުރިއަށްގެންދިޔަ އިލެކްޓްރޮލުޒް ރޯދަ ޕްރޮމޯޝަންގައި ބައިވެރިކޮށްފައިވަނީ 500ރ. އިން މަތިން ވިޔަފާރިކޮށްގެންނެވެ.

ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް 100،000ރ، ދެ ވަނަ އިނާމަކަށް އިލެކްޓްރޮލަކްސް ލޯންޑްރީ ސިސްޓަމް އަދި ތިން ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ޕަޑޭނޯ ކިޗެން ޔުޓެންސިލް ސެޓެވެ.
އެއް ލައްކަ ރުފިޔާގެ ބޮޑު އިނާމު ލިބިވަޑައިގެންނެވި އާހިދު "މިހާރު" އަށް ވިދާޅުވީ އިލެކްޓްރިކް ވެކިއުމް ކްލީނާއެއް ގަންނަން ދިޔައިރު ޕްރޮމޯޝަނެއް ކުރިއަށްގެންދާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އައިޑީކާޑު ނަމްބަރު ފަދަ ޒާތީ މައުލޫމާތު ހިމަނަން ޖެހޭތީ ވިޔަފާރިތަކުން މި ގޮތަށް ހިންގާ ޕްރޮމޯޝަންތަކުގައި އާހިދު އާއްމުކޮށް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، މި ފަހަރު ތަފާތު ކަމެއް ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަހަރު ފޯނު ނަމްބަރު އެކަނި ޖަހަން އިނީ. އެހެންވެ މި ޕްރޮމޯޝަން ތަފާތުކަމަށް ބެލެވިގެން ބައިވެރިވީ. އޭގެ ފަހުން ހަނދާނެއް ވެސް ނެތް ބައިވެރި ވެވުނު ކަމެއް. އެހެން ހުއްޓާ ސިމްޑީން ގުޅާފައި ބުނީމަ ވެސް ގަބޫލެއް ނުކުރެވުނު،" އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮމޯޝަންތަކުގެ ނަން ނަމުގައި ފައިސާ ހޯދަން ގުޅާތީ ފުރަތަމަ ޝައްކުވީ މިއީ ވެސް އެފަދަ ކަމެއް ކަމަށެވެ. އެކަމަކު، ބޭންކް އެކައުންޓްގެ ތަފްސީލް ހޯދަން ސުވާލު ނުކުރުމުން އޭގެ ސައްހަކަން ޔަގީންވި އެވެ.
މި ޕްރޮމޯޝަންގެ ދެ ވަނަ ފާތިމަތު މަލްކާ މުހައްމަދަށް އަދި ތިން ވަނަ ލިބުނީ ނާޖިހު މުހައްމަދަށެވެ.