16 މެއި 2022 - 20:32

މާލެ އަތޮޅު ރަށެއްގެ ސްކޫލަކަށް ދަރިވަރަކު މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ އަތޮޅުގެ ސްކޫލް ކުއްޖެއް، ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ ކަމުގެ ރިޕޯޓު މިއަދު 11:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.