17 މެއި 2022 - 09:19

އަކުއާ މެރީނާގެ އައިއެސްޔޫޕީ އާއި ކަޔަކްސްގެ އިތުރު ޕްރޮޑަކްޓް ލައިނެއް ތައާރަފްކޮށްފި އެވެ.

މި ފަހަރުގެ ޕްރޮޑަކްޓް ލައިނަކީ ރިސޯޓުތަކާއި، ގެސްޓް ހައުސްތަކާއި، ލިވަބޯޑާއި އަމިއްލަ ފަރާތްތަކަށް ހާއްސަކޮށް، ވޯޓާ ސްޕޯޓްސް އިތުރަށް ފުޅާކުރުމަށް ނެރުނު ޕްރޮޑަކްޓް ލައިނެކެވެ.
އަކުއާ މެރިންގެ ޕްރޮޑަކްޓުތަކަކީ ޕެޑެލް ކުރުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އަދި މި ޕްރޮޑަކްޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލަޖީއާ އެކު ރައްކާތެރިކަމާއި ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭނެހެން ޑިޒައިން ކޮށްފައިވާ ޕްރޮޑަކްޓުތަކެކެވެ.
އަކުއާ މެރިންގެ އެސްޔޫޕީ އަކީ "ޑަބަލް ވޯލްޑް ކޯ"އަކާ އެކު ޕީވީސީ ލޭޔަރަކާއި ޕްޑަލް ކުރާ މީހުންނަށް ފަސޭހަ ވާނެހެން އީވީއޭ ފުޓްޕެޑް ފަރުމާކޮށްފައިވާ ޕްރޮޑަކްޓެކެވެ. އަދި ކަޔަކް އަކީ މި އެސްޔޫޕީ އަށް ވުރެ ވަރުގަދަ ޕީވީސީ ފެބްރިކަކުން ހަދާފައިވާ ޕްރޮޑަކްޓެކެވެ.
އަކުއާ މެރީނާގެ ޕްރޮޑަކްޓުތައް ރާއްޖެ އަށް ހަސަން މެރިނުން ތައާރަފުކޮށްފައި ވަނީ 2021 ވަނަ އަހަރު ހަސަން މެރީނާއި އަކުއާ މެރިނާ ދެމެދު ސޮއި ކޮށްފައިވާ އޮތޮރައިޒްޑް ޑީލާޝިޕްގެ ދަށުންނެވެ.