އެމްއެންޔޫގެ އެމެޑް ޕްރޮޖެކްޓް ނިންމާލައިފި
އެމްއެންޔޫގެ އެމެޑް ޕްރޮޖެކްޓް ނިންމާލައިފި

މަތީ ތައުލީމަށް ކިޔަވައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ހިންގި އީ-ލާނިން ޕްރޮޖެކްޓު އެމެޑް ނިންމާލައިފި އެވެ.

އެމްއެންޔޫގެ އެމެޑް ޕްރޮޖެކްޓް ނިންމާލައިފި
އެމްއެންޔޫގެ އެމެޑް ޕްރޮޖެކްޓް ނިންމާލައިފި

ހަތް ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ 2019 ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ތިން ބައެއް ތިން އަހަރަށް ދެމިގެން ދިޔައިރު، ހަތަރު ބައެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކި ތާރީހުތަކަކަށް ބަހާލައިގެންނެވެ.

މި ޕްރޮޖެކްޓުގެ މަގުސަދަކީ، ތައުލީމީ ދާއިރާގައި ކިޔަވައި ދޭ މީހުން ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ކިޔަވައިދިނުމަށް އަހުލުވެރި ކުރުމުގެ އިތުރުން މަތީ ތައުލީމުގެ ދާއިރާގައި އައިސީޓީ ބޭނުން ބޭނުން ކުރުމަށް ބާރު އެޅުމެވެ. އެގޮތުން ޕީޑީ ޕްރޮގްރާމް ފަރުމާކޮށް ޕައިލެޓް ކުރުމާއި، ގައުމީ ޔުނިވާސިޓީގެ ފްރޭމް ވޯކު އެކުލަވާލުމާއި، އައިޓީ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާ ކުރުމާއި، އީ ލާނިން އަށް ފަހިވާނެހެން ޑިޕާޓްމެންޓުތައް ރީ އޯގަނައިޒް ކުރުން ހިމެނެއެވެ. އަދި ސްޓަޑީ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މޮނީޓާ ކުރުމަކީ ވެސް ޕްރޮޖެކްޓް ގެ މަގުސަދެކެވެ.

އެމެޑް ޕްރޮޖެކްޓަކީ، ކްރޮއޭޝިއާގެ ޔުނިވާސިޓީ އޮފް ޒެގްރެބްގެ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އިންފޮމޭޓިކްސް (ފޮއި)، އާއި ކްރޮއޭޝިއަން އެކަޑަމިކް އެންޑް ރިސާޗް ނެޓްވާކް (ކާނެޓް) އާއި، ސްޕެއިންގެ ޔުނިވާސިޓީ އޮފް ކެޓަލޯނިޔާއާ ގުޅިގެން ހިންގި ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ބެނިފިޝަރީ އަކީ ގައުމީ ޔުނިވާސިޓީ އެވެ. މި ޕްރޮޖެކްޓް ވިލަރެސްކޮށްފަ ވަނީ ޔުނިވާސިޓީ އޮފް ޒެގްރެބްގެ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އިންފޮމޭޓިކްސް (ފޮއި) އިންނެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކިޔަވާ ދިނުން ނިންމާ ނިމުން އިއްޔެ ފާހަގަ ކޮށްފައި ވާއިރު، ޕްރޮޖެކްޓުގެ ބައެއް ރިޕޯޓުތައް ތައްޔާރު ކުރުން ފަދަ މަސައްކަތްތައް އަދިވެސް ހުރި ކަމަށް އެމްއެންޔޫން ބުނެއެވެ. އެ މަސައްކަތްތައް ނިމޭނީ މި އަހަރުގެ ޖުލައި މަހުގައެވެ.