ރައީސް، ޔޫއޭއީގެ އާ ރައީސާ ބައްދަލުކުރައްވައިފި
ރައީސް، ޔޫއޭއީގެ އާ ރައީސާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫއޭއީގެ އާ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރައީސް، ޔޫއޭއީގެ އާ ރައީސާ ބައްދަލުކުރައްވައިފި
ރައީސް، ޔޫއޭއީގެ އާ ރައީސާ ބައްދަލުކުރައްވައިފި

އެ ބައްދަލުވުން ބޭއްވެވީ، އެ ގައުުމުގެ ކުރީގެ ރައީސް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެ އާއިލާ އަށް ތައުޒިޔާ ދަންނަވައިި, އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ހަލީފާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ހަލީފާގެ ހަނދާންތައް އާ ކުރާނީ ބައްޕާފުޅު ފަދައިން ތަހުޒީބާއި ގައުމީ އެއްބައިވަންތަކަން ގެނެސް ދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގަ އެވެ.

ޔޫއޭއީގެ ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގަ އެވެ.

އުމުރުފުޅުން 73 އަހަރުގައި ހަލީފާ އަވަހާރަވީ އާލަަސްކަންފުޅާ އުޅުއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހު އެވެ. އިއްޔެ ވަނީ އެ މަނިކުފާނު ފަސްދާނުލައިފަ އެވެ.