އިންޑިއާ އިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
އިންޑިއާ އިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

ނިއު ދިއްލީ (ޑިސެމްބަރު 26) - އިންޑިއާ އިން ކާމިޔާބުކަމާ އެކު ބެލެސްޓިކް މިސައިލެއް މިއަދު ޓެސްޓް ކޮށްފި އެވެ.

އަގްނީ-5 ގެ ނަންދީފައިވާ މި މިސައިލް ޓެސްޓްކޮށްފައި ވަނީ އެ ގައުމުގެ އިރުމަތީގެ ހިސާބެއްގަ އެވެ. ނިއުކްލިއާ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ ރާސްތާ 5،000 ކިލޯމީޓަރު (3،100 މޭލު) އަށް ފޯރަ އެވެ. އެހެންކަމުން މިއީ ޗައިނާއާ ހަމައަށް ފޯރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.

އަގްނީ-5 ސީރީޒްގެ ފުރަތަމަ މިސައިލް އިންޑިއާ އިން ފުރަތަމަ ޓެސްޓްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. ދެ ވަނަ މިސައިލް 2013 ވަނަ އަހަރު އަދި ހަތަރު ވަނަ މިސައިލް ޓެސްޓްކޮށްފައި ވަނީ 2015 ވަނަ އަހަރު ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނެ އެވެ.

އަގްނީ (އަލިފާން) ސީރީޒްގެ މިސައިލްތަކަކީ އެންމެ ކުރިއަރާފައިވާ ހަތިޔާރުގެ އެއް ބާވަތެވެ.