16 މެއި 2022 - 07:11

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުގެ ފިރިމީހާ، ރޯހަންޕްރީތު ސިންގްގެ އެއްޗެހިތަކެެއް ބަޔަކު ވަގަށް ނަގައިފި އެވެ.
އެ ހާދިސާ ހިނގީ ރޯހަން ހުރި ހޮޓަލުގައި ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޯހަންގެ ޑައިމަންޑް ރިންގަކާއި އައިފޯނަކާއި އެޕަލް ވޮޗު ވަގަށް ނެގީ އޭނާ ހޮޓަލުގައި މަޑުކޮށްގެން ހުރި ކޮޓަރީގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ނޭހާ އާއި އޭނާގެ ފިރިމީހާ ވަނީ މީގެ ހަތް ދުވަސް ކުރިން އާ ވީޑިއޯ ލަވައެއް އުޅޭ ކަމުގެ ޚަބަރު ދީފަ އެވެ. އެ ލަވައިގެ މަސައްކަތް ކުރަމުންދިޔައިރު ހަމަ އެ ހޮޓަލުގެ އެ ކޮޓަރީގައި ނެގި ވީޑިއޯއެއް ވަނީ އިންސްޓަގްރާމުގައި ވެސް އާންމުކޮށްފަ އެވެ.