ސަލްމާން ޚާން ދުވަހަކު ވެސް ނުފެންނަ ގޮތަކަށް
ސަލްމާން ޚާން ދުވަހަކު ވެސް ނުފެންނަ ގޮތަކަށް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގައި އޭނާ ފެންނާނެ ގޮތުގެ ފޮޓޯއެއް އާންމުކޮށްފި އެވެ.

އެ ފޮޓޯ އިން ފެންނަނީ ވަރަށް އެކްޝަން މޯޑެއްގައި ސަލްމާން ހުއްޓާ އެވެ. އަދި އޭނާގެ އިސްތަށިގަނޑު ވެސް ހުރީ ދިގުކޮށެވެ. އެއީ ސަލްމާން ދުވަހަކު ވެސް ފިލްމަކުން ފެނުނު ގޮތެއް ނޫނެވެ. އާންމުކޮށް ފިލްމުތަކުން އޭނާ ފެންނަނީ ވަރަށް ޑީސެންޓް ލުކެއްގަ އެވެ.

ފަރްހާން ސަމްޖީ ޑައިރެކްޓްކުރާ އެކްޝަން ފިލްމުގައި ސަލްމާންގެ އިތުރުން އޭނާގެ ޅިޔަނު އަޔުޝް ޝަރްމާ އާއި ކްރިތީ ސަނޮން އާއި ޕޫޖާ ހެޖާއި ޝެހެނާޒް ގިލް އާއި ރާގަވް ވެސް ފެންނާނެ އެވެ.

ފިލްމުގެ ޝޫޓިންތައް މިހާރު މުމްބާއީގައި ކުރިއަށްދާއިރު މި އަހަރުގެ ޑިސެމްބަރު 30 ގައި އެ ފިލްމު ރިލީޒްކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.