މިއީ އެމްޑީޕީން 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒް
މިއީ އެމްޑީޕީން 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒް

އެމްޑީޕީގެ މެމްބަރުން މުޅި ރާއްޖޭގައި ނުކުމެ މިއަދު ދިން ވޯޓަކީ ސަރުކާރާއި ޕާޓީ އެކުގައި ގޮސް 2023 ކާމިޔާބުކުރަން ދިން ވޯޓެއް ކަމަށް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

މިއީ އެމްޑީޕީން 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒް
މިއީ އެމްޑީޕީން 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒް

އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ވާދަވެރި ކެންޑިޑޭޓު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލިކުރައްވައި ބޮޑު ކާމިޔާބީއެއް ހޯއްދެވީ ފައްޔާޒެވެ.

މިއީ އެމްޑީޕީން 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒް
މިއީ އެމްޑީޕީން 2023 ކާމިޔާބުކުރަން ދިން ވޯޓެއް: ފައްޔާޒް

މި ކާމިޔާބީގައި އެމްޑީޕީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައި ފައްޔާޒް ވިދާޅުވީ ވައުދުތައް މަތީގައި އޭނާ ދެގޮތެއް ނުވެ ދެމިހުންނަވާނެ ކަމަށެވެ. ކެމްޕޭންގައި އޭނާ އެމްޑީޕީގެ މެމްބަރުންނަށް ހުށަހެޅުއްވީ ޕާޓީ އަލުން ވަރުގަދަކޮށް ހިންގާލަން ގެންގުޅުއްވާ ތަސައްވުރެވެ.

"އެމްޑީޕީގެ މެމްބަރުން މިއަދު މިދިން ވޯޓަކީ މި ޕާޓީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބުކޮށް މެމްބަރުން އެދުނު ގޮތަށް މި ޕާޓީ ހިންގާލަން ދިން ވޯޓެއް،" ފައްޔާޒް ވިދާޅުވި އެވެ.

އިންތިހާބުގެ ކުރިން "މިހާރު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ނުކުންނަވައިގެން ނޫން ގޮތަކަށް އެމްޑީޕީ އަށް 2023 ކަށަވަރުވާނެ ތަނެއް އޭނާ ފެނިވަޑައިނުގަންނަވާ ކަމަށެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ އިއުލާން ނުކުރެއްވިޔަސް އޭނާގެ އުއްމީދުކުރައްވަނީ ރައީސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށާއި އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދެއްވަން ވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވި މައިގަނޑު އަމާޒަކީ އެމްޑީޕީއަށް 2023 ކާމިޔާބު ކޮށްދިނުމެވެ. ފަސް އަހަރުގެ ދައުރަކަށް އަނިޔާވެރި ވެރިކަމެއް ރާއްޖެއަށް އަޔަ ނުދިނުމަކީ ޗެއާޕާސަންގެ މަގާމުގައި އޭނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވެރިކަމުގައި އެމްޑީޕީން ސަރުކާރަށް އެއްބާރުލުން ދީގެން ކަންކަން ހިންގި ނަމަ ދެ ވަނަ ދައުރެއް، ޕާޓީން އެކަނި ނުކުމެ ވެސް ކާމިޔާބުވީސް ކަމަށެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ ވެސް ލިބިފައި އޮވެމެ ސަރުކާރު ބަލިކަށިކޮށްލަން އަމިއްލަ ޕާޓީން ކުރި މަސައްކަތުން އެ ފުރުސަތު ގެއްލިފައި އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް 2023 ކާމިޔާބުވާން ދެން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވުމުން އެކަންޏެވެ.

"ބައެއް ބޭފުޅުންނަށް ދަތިވެދާނެ މިކަން ގަބޫލުކުރައްވަން. އެކަމަކު އެއީ އަޅުގަނޑަށް ފެންނަން ގޮތް, ހަގީގަތް," އޭނާ ވިދާޅުވި އެވެ.

ކެމްޕޭނުގައި އޭނާއާ ބައްދަލުވި އެމްޑީޕީގެ މެމްބަރުން ވެސް މި ހަގީގަތް އޭނާއާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށާއި އެ ވާހަކައިގައި އެއްވެސް ބޭފުޅަކަށް ދެރަ ބަހެއް އަމާޒުކުރެއްވުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފައްޔާޒް ތާއީދު ކުރައްވަން ނިންމަވައިގެން ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

"އެމްޑީޕީގެ ރިޔާސީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ ނަން އޮވެއްޖިއްޔާ ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ހުންނާނީ ރައީސް ސޯލިހްގެ ފަހަތުގައި, ބެހެއްޓި ހިސާބެއްގައި ހުރެ އަޅުގަނޑަށް ވީހާ މަސައްކަތެއް ކުރާނަން އެކަމަށް. ސިޔާސީ މަސްރަހު ރާއްޖޭގައި އަދި އޮތް ގޮތުން 2023 އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނީ ރައީސް ސޯލިހް ނުކުންނަވައިގެން،" އޭނާ ވިދާޅުވެފައިވެ އެވެ.

މި އިންތިހާބުގައި 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލެވޭ އިރު ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނުކުތް މީހުންގެ 58 ޕަސެންޓުންނެވެ.