14 މެއި 2022 - 19:51

ކޮލަމްބޯ (މެއި 14) - ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައި އެކުލަވާލާ އާ ސަރުކާރަށް ހަތަރު މިނިސްޓަރުން ރައީސް ގޯޓާބޭ ރާޖަޕަކްސާ މިއަދު އައްޔަން ކުރައްވައިފި އެވެ.
- ދިނޭޝް ގުނަވަރުދަނާ: މިނިސްޓަ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޖީ.އެލް ޕެއިރިސް: މިނިސްޓަ އޮފް ފޮރިން އެފެއާޒް
- ޕްރަސާނާ ރަނަތުންގާ: މިނިސްޓަ އޮފް އާބަން ޑިވެލޮޕްމަންޓް އެންޑް ހައުސިން
- ކަންޗަނާ ވިޖެސެކަރާ: މިނިސްޓަ އޮފް ޕަވަ އެންޑް އެނާޖީ
މި ހަތަރު ބޭފުޅުންނަކީ ވެސް އިސްތިއުފާ ދިން ކެބިނެޓިގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. ލަންކާގެ ކެބިނެޓުގެ 26 މިނިސްޓަރުން އެކުގައި އެންމެ ފުރަތަމަ އިސްތިއުފާ ދެއްވީ ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން ރައްޔިތުން ނުކުމެ ކުރަން ފެށި މުޒާހަރާތަކާ ގުޅިގެންނެވެ. އޭގެ ފަހުން ކެބިނެޓަށް ވަނީ ދެ ފަހަރެއްގެ މަތިން ބަަދަލު ގެނެސްފަ އެވެ.
ބޮޑުވަޒީރުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ރަނިލް ހަމަޖައްސާފައި ވަނީ ރައީސް ގޯޓާބޭގެ ބޭބޭފުޅު މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.