14 މެއި 2022 - 15:39

ދުނިޔެއަށް މަޝްހޫރު އަދި ގިނަ ބަޔަކަށް ކަމުދާ މީރު ބުއިމެއްކަމަށްވާ ލިޕްޓަން އައިސް ޓީގެ އާ ރަހަތަކެއް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި އެވެ.

ދުނިޔޭގެ އެއްވަނަ އައިސްޓީ ބްރޭންޑް ލިޕްޓަންގެ މި އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކުރީ މަޝްހޫރު އެތައް ބްރޭންޑެއްގެ ކާބޯތަކެއްޗާއި ބޮޑީ ސްޕްރޭ އާއި ސެންޓު ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމުގައި މަޝްހޫރު ބިޔޯންޑް ޓްރޭޑިން އިންނެވެ.

''ލޯ ކެލޮރީސް ސޮފްޓް ޑްރިންކްސް'' ގެ މާކެޓަށް އިންގިލާބެއް ގެނައުމުގެ މަގްސަދާ އެކު ލިޕްޓަން އައިސް ލެމަންޓީގެ އިތުރުން މުޅިން އަލަށް ތިން ރަހައެއް ތައާރަފްކޮށްފައިވެ އެވެ.
ރާއްޖޭގައި މި ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރަކަށް ހަމަޖެހިފައިވާ ބިޔޯންޑުން ލެމަން, ޕީޗް, މިކްސްޑް ބެރީސް އަދި ރާއްޖެއަށް މުޅިން އާ، ސައުތު އެފްރިކާއަށް ހާއްސަ ރުއީބޮސް އައިސްޓީ ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ހަކުރު ނުވަތަ ކެލޮރީޒް މަދު ބުއިންތަކެއްގެ ގޮތުގައި ސެޓިފައިކޮށްފައިވާ ބުއިންތަކެކެވެ.
ރޫއިބޮސްއަކީ މީގެ ގަރުނެއްހައި ދުވަސްކުރިން ސައުތު އެފްރިކާގެ ހުޅަނގު އައްސޭރި ފަށުން ތައާރަފުވެފައިވާ އެ ގައުމަށް ހާއްސަ ސައެކެވެ. މި ބުއިން އަންނަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މަޝްހޫރުކަން ހޯދަމުންނެވެ. މި ބުއިމަކީ ކަޅުސައި އަދި ގްރީންޓީއާ ހިލާފަށް ކެފެއިންގެ އެއްވެސް މިންވަރެއް ނުހުންނަ ބުއިމެކެވެ. އަދިި މި ބުއިމުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނޭތީ، ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެ އެވެ. އަދި ހަކުރު ބަލީގެ (ޓައިޕް 2) ބަލި މީހުންނަށް އެ މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެންސްކޮށްދިނުމުގައި ވެސް އެހީވެ އެވެ.
މި ބުއިންތައް ބަންދުކޮށްފައި ހުންނަނީ 300 އެމްއެލްގެ ހިމަ ދިގު ދަޅުގަ އެވެ.
- އެއް ކޭސް ހޯލްސޭލްކުރަނީ 280 ރ. އަށް
- 10 ކޭހުން މަތި ހޯލްސޭލްކުރަނީ 270 ރ. އަށް
- 50 ކޭހުން މަތި ހޯލްސޭލްކުރަނީ 260 ރ. އަށް
ބިޔޯންޑުން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދު ވެސް ކަސްޓަމަރުން އެންމެ ގަޔާވާ އުފެއްދުންތަކާއި އާންމު ގޮތެއްގައި ރާއްޖޭގެ ބާޒާރުން ލިބެން ނުހުންނަ މިފަދަ އުފެއްދުންތައް ތައާރަފުކޮށް މާކެޓަށް ނެރުން ކަމަށެވެ. އެ ކުންފުނިން ދާދިފަހުން ވަނީ ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑެއް ކަމަށްވާ އެލީޓް އަދި ޒާރާގެ ކޮސްމެޓިކްސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފަ އެވެ.