ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ފައްޔާޒް ވިދާުޅުވީ މިއީ ސަރުކާރަށް އެމްޑީޕީ މެންބަރުުން ރުހުން އޮތްކަމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު އަންގައިދިން އިންތިހާބެއް ކަމަށް. އޭނާ ވިދާޅުވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާއާ ވާދަކުރެއްވި އިންތިއާ އެކު ވެސް މަސައްކަތްކުރެއްވޭނެ ކަމަށް. ކެމްޕޭނާ ގުޅިގެން އެއްވެސް މީހަކަށް ހިތްބުރަކަމެއް ނެތް ކަމަށް.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

ވަގުތީ ނަތީޖާއިން ދައްކަނީ ވޯޓުގެ 58 ޕަސެންޓް ލިބިވަޑައިގަތީ ފައްޔާޒަށް ކަމަށް. އިންތި އަށް ލިބިވަޑައިގަތީ 42 ޕަސެންޓް. މި ނަތީޖާއާ އެކު ފައްޔާޒްގެ ޓީމުން އަންނަނީ އުފާ ފާޅުކުރަމުން.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

މިހާތަނަށް ނުގުނާ ހުރީ 90 ވޯޓު ފޮށި. މިހާތަނަށް ގުނި 191 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ފައްޔާޒް ވަނީ 60 ޕަސެންޓް ވޯޓު ކާމިޔާބުކޮށްފައި. އިންތި އާއި ފައްޔާޒާ ދެމެދު މިހާރު ވެސް ގާތްގަނޑަކަށް 6،000 ވޯޓުގެ ތަފާތު އެބައުޅޭ. އެހެންވެ، ބާކީ ހުރި ފޮށިތަކުން ބޮޑު ތަފާތަކުން އިންތި ކުރި ހޯއްދެވިޔަސް، ފައްޔާޒް މި އިންތިހާބު ކާމިޔާބު ކުރައްވާނެކަން މިހާރު ޔަގީން. މި ކާމިޔާބުގެ އުފާ މިހާރު ވެސް، ފައްޔާޒުގެ ސަޕޯޓަރުން އަންނަނީ ފާޅުކުރަމުން. ބައެއް ފަރާތްތަކުން ފައްޔާޒަށް މަރުހަބާ ކިޔަމުން ވެސް އެބަދޭ.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

ގައްދޫ ދާއިރާގެ މީހުންނަށް މާލޭގައި ބެހެއްޓި ވޯޓުފޮށީގެ ވޯޓުތައް ގުނުމުގައި މައްސަލަތަކެއް ދިމާވުމުން އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސާއި އިންތިހާބާ ބެހޭ ކޮމެޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން އަލުން މިހާރު ވަނީ ގުނަން ފަށާފައި.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

ފަޔާޒްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ ފަޔާގެ ކާމިޔާބީ އަށް މަރުހަބާ ދަންނަވާފައި.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

މިއަދު ބޭއްވި އިންތިހާބުގެ މިހާތަނަށް 90 އަށް ވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ ވަނީ އިއުލާން ކޮށްފައި. މި އިންތިހާބުގައި 281 ވޯޓު ފޮށި ބަހައްޓާފައިވާ އިރު، ގުނައި ނިމިފައި ވަނީ ތިންބައިކުޅަ އެއްބައި ވޯޓު ފޮށި. ކެނޑިޑޭޓުން ގެންގުޅޭ ނަތީޖާ ދައްކާ ގޮތުން ފައްޔާޒަށް ވަނީ 65 ޕަސެންޓް ޔަގީން ކޮށްފައި. އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރައްވާ ރޮޒެއިނާ އާދަމް ވަނީ 67 ޕަސެންޓް ހޯއްދަވައިފައި. ފައްޔާޒާ ވާދަކުރެއްވި އިންތިއާ އެކު އިސްކޮށް މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ މަޖިލީހުގެ ދާއިރާތަކުން ވެސް ފައްޔާޒް ވަނީ ކުރި ހޯއްދަވައިފައި.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އިންތިހާބުގެ ވޯޓުގެ ނަތީހާ އިއުލާން ކުރަން މިހާރު ވަނީ ފަށާފައި. ވޯޓު ގުނުމާއި ނަތީޖާ އިއުލާން ކުރުން ކުރިއަށް ގެންދަނީ އެ ވޯޓުފޮށްޓެއްގެ ކައިރީގައި.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އިންތިހާބު ދެ ގަޑިއިރަށް ދެންމުމަށް ފަހު ހައެއް ޖެހުމާ އެކު ވޯޓު ފޮށިތައް ބަންދުކުރަން ވަނީ ފަށާފައި. ވޯޓު ގުނާނީ އެ މަރުކަޒެއްގައި. ވޯޓުލުމާއި ވޯޓު ގުނުމުގެ މަރުހަލާ ކުރިއަށްދާ އިރު ވެސް ކެންޑިޑޭޓުންގެ މަންދޫބުނާއި މޮނިޓަރުންނާއި މީޑިއާއަށް ވަނީ ފުރުސަތު ދީފައި.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އިންތިހާބުގެ ވަގުތު އިތުރުކުރުން މައްސަލައެއްގެ ގޮތުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ވަނީ ޝަކުވާ ހުށަހަޅާފައި. އެ ޓީމުން ބުނާ ގޮތުގައި ހަތަރެއް ޖެހި ފަހުން ވަގުތު އިތުރުކޮށް އެކަން އެންގުމަކީ މައްސަލައެއް. އޭރު ބައެއް މަރުކަޒުތަކުގައި ފޮށިތައް ބަންދުކޮށްފައިވާ ކަމަށް އިންތިގެ ގާނޫނީ ޓީމުން ބުނޭ. މި ތުހުމަތު ކުރިއަސް އިންތިހާބާ ބެހޭ ކޮމިޓީން ބުނާ ގޮތުގައި ވަގުތު އިތުރުކުރަން އުޅޭ ކަން އަދި އެ ނިންމުން ނިންމުމަށް ފަހު ވެސް ހަތަރެއް ޖެހުމުގެ މާ ކުރިން އިންތިހާބާ ބެހޭ އޮފިޝަލުންނަށް ވާނީ އަންގާފައި.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އިންތިހާބުގެ ވޯޓުލުން 6:00 އަށް އިތުރުކޮށްފި. މިގޮތަށް ނިންމީ ބައެއް ތަންތަނުގައި ވޯޓުލުން ފެށުން ލަސްވުމުގެ އިތުރުން ވިއްސާރައިގެ ސަބަބުން މީހުންނަށް ވޯޓުލާން ދާން އުނދަގޫވުމުން އިތުރު ވަގުތު ދިނުމުގެ ގޮތުން.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އެމްޑީޕީގައި ޗެއާޕާސަނަކީ އިދާރީ ކަންކަމުގައި އެންމެ އިސް ފަރާތް. ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް، ބެލެހެއްޓުމުގެ ޒިންމާ އާއި އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަން.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އެމްޑީޕީ އިންތިހާބު މިހާތަނަށް ކުރިއަށް ދިޔައީ މާ ބޮޑެތި މައްސަލަތަކެއް ނެތި އޮމާންކަމާ އެކު. ހެނދުނު 9 ގައި ފެށީ ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާ ގޮތަށް. މާލެއަށް ވާރޭ ވެހެމުން ދިޔައަސް މަރުކަޒުތަކުގައި ވޯޓުލާން މީހުން މަދެއް ނޫވޭ. ވޯޓު ކިޔޫ ބަންދުވުމުން އެ މަރުކަޒެއްގައި ވޯޓު ގުނަން ފަށާނެ.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އެމްޑީޕީގެ އިންތިހާބުގައި ހުޅުމާލެ ގާޒީ ސްކޫލްގައި ބެހެއްޓި ވޯޓް ފޮށި އެހެން ތަނަކަށް ވަނީ ބަދަލުކޮށްފައި. އެމްޑީޕީގެ ޑެޕިއުޓި ޗެއާޕާސަން އަލީ ނިޔާޒް ވިދާޅުވީ އެކަން ދިމާވީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް. ގާޒީ ސްކޫލްގައި ބަހައްޓަން ނިންމި އެ ވޯޓު ފޮށި، އިދާރީ އޮޅުމެއްގެ ސަބަބުން މިއަދު ބެހެއްޓީ ހުރަވީ ސްކޫލްގައި. އެންގުމަކާ ނުލާއި ކުއްލިއަކަށް ވޯޓުލާ މަރުކަޒު ބަދަލުކުރި ކަމަށް ބުނެ އެމްޑީޕީގެ އިންތިހާބާ ކޮމެޓީ އަށް ވަނީ އެކަމުގެ ޝަކުވާ ވެސް ހުށަހެޅި. ނިޔާ ވިދާޅުވީ އެ ވޯޓު ފޮށީގެ މަރުކަޒު ބަދަލުވީ އިދާރީ އޮޅުމަކުން ކަން، އެ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ފަރާތުން އެ ވަގުތު މަރުކަޒަށް ވަޑައިގެން ތިއްބެވި ދެ މަންދޫބުންނާއި މަޝްވަރާކޮށް، ހުރަވީ ސްކޫލްގައި ވޯޓުލުން ކުރިއަށް ގެންދަން އެ ބޭފުޅުން އެއްބަސްވި ކަމަށް.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އެމްޑީޕީން މި އިންތިހާބުގައި ވޯޓުލީ ކަމުގެ ފާހަގަ ޖަހަނީ ކަނާތު ޝަހާދަތް އިނގިލީގައި. އެއީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ އިންތިހާބު ވެސް ކުރިއަށް ދާތީ، ފާހަގައިގެ ސަބަބުން އޮޅުން އަރާފާނެތީ

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އެމްޑީޕީގެ ވާދަވެރި މި އިންތިހާބު ކުރިއަށްދާއިރު ވިލިމާލެ ދާއިރާގެ އަންހެނުން ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަ ދޭ. މިއީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބޮޑު ކުރިމަތިލުމެއް. މި އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވަނީ ފާތިމަތު ނާޒިމާ. އެމްއެންޕީގެ ޓިކެޓުގައި ނުކުންނެވީ އާމިނަތު ޝީޒާ.

ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް
ވޯޓުގެ 58 ޕަސެންޓާ އެކު ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަނަކަށް

އިންތިހާބާ ގުޅޭ ގޮތުން އުފެދޭ ޝަކުވާތަކަށް އެމްޑީޕީން ކޮމިޓީއެއް އެކުލަވާލައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. މި ކޮމިޓގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރާއި ޝާތިރު އަބްދުއްރަހުމާން.

ވޯޓު ކަރުދާސްކޮޅު ފޮޓޯ ނެގުން އޮތީ މަނާކޮށްފައި. އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި އެއީ އިންތިހާބާ ގުޅޭ އުސޫލްތަކުގައި ވެސް އެކަން އޮންނަ ގޮތް. މިގޮތަށް ފޮޓޯ ނަގާ މީހުން ނޯޓުކުރާނެ ކަމަށާއި މިއީ އެ ވޯޓު ބާތިލްވެދާނެ ފަދަ ހާލަތެއް ކަމަށް ވެސް ކޮމިޓީން ވަނީ ބުނެފައި.

މާލެ އާއި ރަށްރަށުގެ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާއިރު ބައެއް ޝަކުވާތައް ދަނީ ފެންމަތިކުރަމުން. ފ. ނިލަންދޫގައި ވޯޓު ކަރުދާސް ފޮޓޯ ނަގާ މައްސަލަ މިހާރު ވަނީ ޝަކުވާ ކޮމިޓީއަށް ހުށަހަޅާފައި. މި މައްސަލަ ހުށަހެޅީ އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒްގެ ޓީމުން.

އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިހާރު ވަނީ ވޯޓު ލައްވާފައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވޯޓު ދެއްވާފައި.

އެމްޑީޕީއަށް ޗެއާޕާސަނަކު ހޮވަން އެ ޕާޓީގެ 17 އަހަރުގެ ތެރޭގައި ކުރި އެންމެ ވާދަވެރި ކެމްޕޭނަށް ފަހު، އިންތިހާބުގެ ވޯޓުން މިއަދު ފޯރީގައި ފަށައިފި އެވެ.

ހެނދުނު ނުވައެއް ޖެހިއިރު ފެށި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި، ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެ އެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

މި އިންތިހާބުގެ އިތުރަށް އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.

● 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ

● މާލޭގައި 87 ފޮށި

● ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.

● އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.

● ޔޫތު ވިންގަށް 32،057 މެމްބަރުން.

ވޯޓާ ހަމައަށް ދިޔައިރު، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒާއި އިމްތިޔާޒު ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ބޭފުޅަކު ހޮވަން ޖެހޭ ސަބަބުތަކާއި މެނިފެސްޓޯ އާއްމު މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ. ފައްޔާޒްގެ ކެމްޕޭންގެ ތަސައްވަރަކަށް ވީ، އެމްޑީޕީ ހަރަކާތްތެރިކޮށް، ޕާޓީގެ ސަފުތައް ބަދަހިކޮށް ސަރުކާރާ އެކު ހިންގާލުމެވެ. އިމްތިޔާޒު ގެންގުޅުއްވީ އެމްޑީޕީގެ ތިލަފަތުގެ ރަމްޒުގެ އުސޫލްތައް ދަމަހައްޓައި، ކުރިއެރުވުމެވެ.

ދެ ކެންޑިޑޭޓުން ވެސް ކެމްޕޭނުގައި އިއްތިފާގުވެވަޑައިގެން އާއްމުންނަށް ވިދާޅުވެ ދެއްވީ އެންމެ ކަމެކެވެ. އެއީ، 2023 ގައި އެމްޑީޕީގެ ވެރިކަމެއް އޮންނަން، ޕާޓީގެ މި އިންތިހާބު މުހިއްމު ކަމެވެ.

އިންތިހާބުގެ ވާދަވެރިކަން ބޮޑުވީ ވެސް 2023 އަށް ޕާޓީގެ ކުރިމަގު ކަނޑައެޅުމުގެ އިދާރީ ކަންކަމުގައި ޗެއާޕާސަންގެ ދައުރު ބޮޑު ކަމުންނެވެ.

ޗެއާޕާސަންގެ މި އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިނގާ ފައިޓެއްކަން ކެމްޕޭނުގެ މަންޒަރުތަކުން ސާފެވެ. ފައްޔާޒްއާ އެކު ތިއްބެވީ މަޖިލީހާއި ގައުމީ މަޖިލިސް އަދި އެ ނޫން ވެސް ޕާޓީގެ އިންތިހާބީ މަގާމްތަކުގައި ތިބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުންތަކަށް ތާއީދުކުރައްވަމުން ގެންދަވާ މެމްބަރުންނެވެ. އިންތިއާ އެކު ކެމްޕޭންގައި ހަރަކާތްތެރިވީ ނަޝީދަށް ވަފާތެރި މެމްބަރުންނެވެ.

● ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް، ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތް.

● އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަން.

● ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމްކުރުން.

● ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަން ހިންގުން.

● ޕާޓީގެ އުސޫލްތަކަށް ރައްކާތެރިވެ ދެމެހެއްޓުން.

● މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތްކުރުން.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ފަސް އަހަރުގެ ދައުރު އެންމެ ފަހުން ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭގެ ކުރިން، މި މަގާމު، އެމްޑީޕީގެ ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު ވެސް ފުރުއްވި އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދިނީ ކެންޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންނަށެވެ. މި އިންތިހާބު އައިއިރު ވެސް އެ ޕާޓީގައި 93،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ދާއިރާތަކުގެ އިންތިހާބަށް ޕާޓީއާ ގުޅުނު މެމްބަރުންނާ އެކުގަ އެވެ.

އެމްޑީޕީގެ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ވެފައިވާ ދަފްތަރުގައި ތިބީ 54،782 މީހުންނެވެ. އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ލުމުގެ ފުރުސަތު ދެނީ ޕާޓީން ބަލަހައްޓާ ދަފްތަރަށެވެ.