ސޯޝަލް މީޑިއާ "ޓޮކްސިކް" ކަމުން ޝިލްޕާ ބްރޭކެއް ނަގައިފި
ސޯޝަލް މީޑިއާ "ޓޮކްސިކް" ކަމުން ޝިލްޕާ ބްރޭކެއް ނަގައިފި

ސޯޝަލް މީޑިއާ ވަރަށް "ޓޮކްސިކް" ކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ، ދުވަސްކޮޅަކަށް ސޯޝަލް މީޑިއާއާ ދުރަށް ގޮސްފި އެވެ.

ޝިލްޕާ އަބަދުވެސް ފެންނަނީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށެވެ. ސަޕޯޓަރުން މުނިފޫހިފިލުވައިދިނުމަށް ވަރަށް ކޫލް ޕޯސްޓްތައް ލަމުން ދިޔަ ނަމަވެސް އިއްޔެ ސަޕޯޓަރުންނަށް ދިނީ ހިތާމަވެރި ޚަބަރެކެވެ.

އިންސްޓަގްރާމުގައި އޭނާ އިއުލާންކުރީ ސޯޝަލް މީޑިއާއިން ބްރޭކެއް ނަގަން އުޅޭ ޚަބަރެވެ. އެ ބްރޭކް ނެގީ އޭނާ އަށް ހަމަޖެހުން ލިބެންދެކަށް ކަމަށް ބުންޏަސް، ވަކި މުއްދަތެއް ނުބުނެ އެވެ.

ޝިލްޕާގެ އިންސްޓަގްރާމުގައި 25.3 މިލިއަން ފޮލޯވާސް ތިބެ އެވެ. އޭނާ އާންމުކޮށްލަނީ ވެލްނެސް އަދި އިންސްޕިރޭޝަން ޕޯސްޓްތަކެވެ.

ޝިލްޕާ އަށް އެންމެ ފަހުން ސޯޝަލް މީޑިއާ އިން ކުރިމަތިވި އުނދަގުލަކީ އޭނާގެ ފިރިމީހާ ރާޖް ކުންދުރާ، ބަރަހަނާ ފިލްމު އުފައްދި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމުންނެވެ. އެ މައްސަލައާ ގުޅިގެން ރާޖާއި ޝިލްޕާގެ އާއިލާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވިޔަސް، އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފިލްމީ ދާއިރާއިން ތަންކޮޅެއް ދުރުވިޔަސް އަނެއްކާ ވެސް ފިލްމުތަކެއްގެ މަސައްކަތް އޭނާ ކުރަމުން އެބަދެ އެވެ. އޭގެ ތެރޭގައި "ނިކަންމާ" އާއި "ސުކީ" އަދި ރޯހިތު ޝެޓީގެ ފިލްމެއްގައި ސިފައިންގެ މީހެއްގެ ރޯލު އޭނާ ކުޅޭނެ އެވެ.