ކާތިކާ ކައިވެނިކޮށްދޭން ސަޕޯޓަރަކު އޭނާގެ މަންމަ ގާތުގައި އެދިއްޖެ
ކާތިކާ ކައިވެނިކޮށްދޭން ސަޕޯޓަރަކު އޭނާގެ މަންމަ ގާތުގައި އެދިއްޖެ

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަންގެ މަންމަ އަށް ސަޕޯޓަރަކު ސްޓޯކްކޮށް، އޭނާއާ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނި ކަމަށް ކާތިކް ބުނެފި އެވެ.

ކާތިކާ ކައިވެނިކޮށްދޭން ސަޕޯޓަރަކު އޭނާގެ މަންމަ ގާތުގައި އެދިއްޖެ
ކާތިކާ ކައިވެނިކޮށްދޭން ސަޕޯޓަރަކު އޭނާގެ މަންމަ ގާތުގައި އެދިއްޖެ

އިންޓަވިއުއެއްގައި ކާތިކް ބުނީ އޭނާގެ މަންމަގެ ސޯޝަލް މީޑިއާ އެކައުންޓް ސްޓޯކްކޮށް، އަންހެން ސަޕޯޓަރަކު އޭނާއާ ކައިވެނިކުރަން ބޭނުންވެގެން މަންމަ ގާތު ބުނި ކަމަށެެވެ. އަދި ގޭތެރޭގެ މަސައްކަތްތައް ވެސް ވަރަށް ރަނގަޅަށް ކުރާނެ ކަމަށް މަންމަ ގާތު އެ އަންހެން މީހާ ބުނި ކަމަށެވެ.

ކުރިން އޭނާ އާއި އެކްޓްރެސް ސާރާ އަލީ ޚާނާ މެދުގައި ގުޅުމެއް އޮތް ކަމަށް އަޑުއެރިޔަސް، މިފަހުން ކާތިކް ކުއްޖަކާ ރައްޓެހިވި ކަމުގެ އެއްވެސް އަޑެއް ނާރަ އެވެ.

ކޮލެޖުގައި ކިޔެވުމަށް މުމްބާއީ އަށް ބަދަލުވި ނަމަވެސް އެ ހިސާބުން ކާތިކް ފެށީ އޮޑިޝަންތަކަށް ގޮސް ފިލްމަކުން ފުރުސަތު ލިބޭތޯ އެވެ. ޕިޔާރުކާ ޕަންޗުނާމާގެ މަސައްކަތަކީ އެގޮތަށް ކުރި މަސައްކަތުން ލިބުނު ފިލްމެކެވެ.

އޭގެ ފަހުން ކާތިކް މަޝްހޫރުވީ 2018 ގައި ނެރުނު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިންނެވެ. އެ ފިލްމުގައި އޭނާގެ އެކްޓިން ކަމުގޮސްގެން އެތައް ބަޔަކު އޭނާގެ ޖާދޫގައި ޖެހުނެވެ. އޭގެ ފަހުން ގިނަ ފުރުސަތުތަކެއް ކާތިކަށް އަންނަނީ ލިބެމުންނެވެ.

ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ "ބޫލް ބުލައްޔާ 2" އެވެ. އެއީ ކިއާރާ އަދުވާނީ އާއި ރާޖްޕަލް ޔާދަވްއާ އެކު އޭނާ ފެންނާނެ ފިލްމެކެވެ.