ޒަކާތުގެ ގޮތުގައި 7.9 މިލިއަން، 42 ރަށެއްގައި ފަގީރުންނެއް ނެތް
ޒަކާތުގެ ގޮތުގައި 7.9 މިލިއަން، 42 ރަށެއްގައި ފަގީރުންނެއް ނެތް

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެ އިން އެކަނި ވެސް 7.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެންމެ ފަހުގެ އަދަދުތަކާ ހަވާލާދީ، އެ މިނިސްޓްރީން ބުނީ، އެއްވެސް ފަގީރެއް ނެތީ 42 ރަށެއްގައި ކަމަށާއި އެ އިން ކޮންމެ ރަށަކުން ވެސް 450،373ރ. ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.

ހުރިހާ ރަށެއް ހިމެނޭ ގޮތަށް މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 7.9 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު، ފިތުރު ޒަކާތުގެ ގޮތުގައި މިހާ ބޮޑު އަދަދެއް ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ލިބުނީ 6.7 މިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން މި ފަހަރު ލިބުނީ 11399.45 ކިލޯ ކަމަށާއި ސަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން 10092 ކިލޯ ލިބުނު ކަމަށެވެ.

- ހއ. މޮޅަދޫ

- ހއ. މުރައިދޫ

- ހއ. ތަކަންދޫ

- ހދ. ހިރިމަރަދޫ

- ށ. ބިލެތްފަހި

- ށ. ފީވަށް

- ށ. ކޮމަންޑޫ

- ށ. ނޫމަރާ

- ށ. ނަރުދޫ

- ށ. މަރޮށި

- ނ. މާޅެންދޫ

- ނ. މަގޫދޫ

- ނ. ފޮއްދޫ

- ރ. އަނގޮޅިތީމު

- ރ. ކިނޮޅަސް

- ބ. ފުޅަދޫ

- ބ. ގޮއިދޫ

- ބ. ކިހާދޫ

- ބ. ކެންދޫ

- ކ. ހުރާ

- އދ. ދިއްދޫ

- އދ. މަންދޫ

- އދ. ފެންފުށި

- އދ. މަހިބަދޫ

- ވ. ފެލިދޫ

- ވ. ރަކީދޫ

- ވ. ތިނަދޫ

- ވ. ފުލިދޫ

- މ. ދިއްގަރު

- މ. ނާލާފުށި

- މ. ރަތްމަންދޫ

- މ. ވޭވަށް

- މ. މަޑުއްވަރި

- ފ. ދަރަނބޫދޫ

- ފ. މަގޫދޫ

- ފ. ނިލަންދޫ

- ތ. ކަނޑޫދޫ

- ތ. ވަންދޫ

- ތ. ގުރައިދޫ

- ލ. ދަނބިދޫ

- ދ. ހުޅުދެލި

- ދ. ރިނބިދޫ

އެއްވެސް ފަގީރަކު ނެތްކަމަށް މިނިސްޓްރީން ބުނެފައިވާ ރަށްތަކަކީ ފަގީރުންގެ ދަފްތަރުގައި އެއިން އެއްވެސް ރަށަކުން މީހަކު ޖެހިފައިވާ ނުވާ ރަށްތަކެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ. މިއީ އެންމެ ފަހުގެ ފަގީރުން ލިސްޓާ އަޅާބަލާއިރު 2،000 މީހުން މަދު އަދަދެކެވެ.