ހަތަރު ފައި ހުރި ޒުވާނާ އޮޕަރޭޝަނަށް ތައްޔާރުވަނީ
ހަތަރު ފައި ހުރި ޒުވާނާ އޮޕަރޭޝަނަށް ތައްޔާރުވަނީ

އަރުން ކުމާރު، 22، އުފަންވީ އިރު ވެސް އޭނާގެ ބުރަކައްޓާ ދިމާލުން އިތުރު ދެ ފައި ފަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ފައި ބޮޑުވުން ހުއްޓުނު އިރު އިރު އަނެއް ފައި ދިގުވެ އެއިން ކަކުލު ހުޅު ވެސް އުފެދުނެވެ.

ހަތަރު ފައި ހުރި ޒުވާނާ އޮޕަރޭޝަނަށް ތައްޔާރުވަނީ
ހަތަރު ފައި ހުރި ޒުވާނާ އޮޕަރޭޝަނަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަރު ޕްރަދޭޝް އަށް އުފަން އަރުން ފާއިތުވީ 15 ވަރަކަށް އަހަރު ދިރިއުޅެމުން އައީ މި ފައިތަކާ އެކު ވަރަށް ހާލުގަ އެވެ. އެންމެ ފަހުން އެ އުނދަގުލުން އޭނާ ސަލާމަތްކުރުމަށްޓަކައި މިހާރު ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފަ އެވެ.

ހަތަރު ފައި ހުރި ޒުވާނާ އޮޕަރޭޝަނަށް ތައްޔާރުވަނީ
ހަތަރު ފައި ހުރި ޒުވާނާ އޮޕަރޭޝަނަށް ތައްޔާރުވަނީ

ސޯޝަލް މީޑިއާގައި އަރުން ކުރި އިލްތިމާސް ދިއްލީގެ ފޯޓިސް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ސަމާލުކަމަށް އަ އެވެ. އަދި އޭނާގެ އެ މައްސަލަ ރަނގަޅުކޮށްދޭން މަސައްކަތްކޮށްދޭން ވެސް ވަނީ އެއްބަސްވެފަ އެވެ.

އަރުން ބުނި ގޮތުގައި އޮޕަރޭޝަން ކޮށްގެން އެ ދެ ފައި ހަށިގަނޑުން ވަކިކޮށްލެވޭ ގޮތް ވެއްޖެ ނަމަ އޭނާއަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެ އެވެ.

އަރުންގެ އިތުރު ދެ ފައިން އެއްވެސް ހަރަކާތެއް ނުކުރެވެ އެވެ. ނަމަވެސް ދެ ފައިގައި ވެސް އިހްސާސް ހުރެ އެވެ. އެހާ ބޮޑު ބަރުދަނެއް ބުރަކަށީގައި އެލިފައި އަބަދު ހުރުމުގެ ސަބަބުން އަރުންނަށް ރީއްޗަށް ކޮޅަކަށް ނުހުރުވެ އެވެ. އަދި ހިނގާ އުޅެން ވެސް ވަރަށް ދަތި ކަމަށް އޭނާ ބުންޏެވެ.

އަރުންގެ މައްސަލަ އަށް ހައްލެއް ލިބޭތޯ އޭނާގެ މައިންބަފައިން ވަނީ އެކި ހިސާބުތަކަށް ދަތުރުކޮށް، ޑޮކްޓަރުުންނަށް ދައްކައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ހޮސްޕިޓަލަކުން ފަރުވާއެއް ނުލިބުނެވެ.

އަރުންގެ މަންމަ ކޮކީލާ ދޭވީ ބުނީ އިތުރު ދެ ފައިގެ ސަބަބުން އޭނާ ނުވިހި ވަރަށް ގިނައިރު ވެސް ވީ ކަމަށެވެ. ވިހޭއިރު ހަތަރު ފައި ވެސް ހުރީ އެއް ވަރަކަށެވެ. އޭރު ޑޮކްޓަރުން ބުނެފައި ވަނީ އޮޕަރޭޝަން ކުރުމުން ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.

ފަސް ވަރަކަށް އަހަރު ވަންދެން އަރުންގެ މައިންބަފައިން އޭނާ ގޮވައިގެން އިންޑިޔާގެ އެކި ހޮސްޕިޓަލުތަކަށް ދިޔަ އެވެ. ނަމަވެސް ނަތީޖާއެއް ނުފެނުމުން އެންމެ ފަހުން އަރުން ހުރި ހާލުގައި އުޅެން ބެހެއްޓީ އެވެ.

"ހުރިހާ ޑޮކްޓަރުން ވެސް ބުނަނީ އޮޕަރޭޝަނެއް ނުކުރެވޭނޭ. ފުރާނައަށް ގެއްލުން ވާނޭ،" އަރުންގެ ބައްޕަ ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އަރުން ކުރި ކާމިޔާބު ކެމްޕޭނަށް ފަހު ފޯޓިސް ހޮސްޕިޓަލްގައި އޭނާ އަންނަނީ ސްކޭންތަކާއި މެޑިކަލް ޓެސްޓްތައް ހަދަމުންނެވެ.

އޯތޮޕިޑިކް ސާޖަން ޑރ. ހެމަންތު ޝަރުމާ އަރުން ވިދާޅުވީ ދެ ފައިގެ އިތުރުން ދެ ޕެލްވިސް ވެސް އެބަ ހުއްޓެވެ. މިހާރު ބަލަމުން އަންނަނީ ހަށިގަނޑުގެ އެހެން ބައިތަކާ އެ ދެ ފައި ގުޅިފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރުމާ ވިދާޅުވީ އަރުންގެ ހަތަރު ފައި ހުރުމުން އެ ފައިތަކަށް ލޭ ފޮނުވައިދިނުމުގެ ނިޒާމާއި ކިޑްނީ އާއި ބްލެޑާ ފަދަ ގުނަވަންތައް ވެސް އިތުރަށް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ދެ ފައި ވަކިކުރެވިދާނެތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނީ އެ ޓެސްޓްތަކަށް ފަހުގަ އެވެ.