ފެހެންދޫ ފަޅުތެރޭގައި އޮތް ދޯންޏަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ
ފެހެންދޫ ފަޅުތެރޭގައި އޮތް ދޯންޏަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ

ބ. ފެހެންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓަކާއި ލޯންޗެއްގައި ރޭ ރޯވެ، އަނދައި ހުލިވެއްޖެ އެވެ.

ފެހެންދޫ ފަޅުތެރޭގައި އޮތް ދޯންޏަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ
ފެހެންދޫ ފަޅުތެރޭގައި އޮތް ދޯންޏަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ

އެ ރަށު ކައުންސިލްގެ ރައީސް އަލީ ޝައުފާން ވިދާޅުވީ 12:30 ހާއިރު އެންމެ ފުރަތަމަ ރޯވީ 70-80 ފޫޓުގެ ބޮޑު ދޯނީގެ އިންޖީނު ރޫމާ ދިމާލުން ކަމަށެވެ. އެ މަންޒަރު އެންމެ ފުރަތަމަ ފެނުނީ ވެސް ކައުންސިލްގެ އަންހެން މެމްބަރަކު ގޭގައި ހުއްޓަ އެވެ.

ފެހެންދޫ ފަޅުތެރޭގައި އޮތް ދޯންޏަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ
ފެހެންދޫ ފަޅުތެރޭގައި އޮތް ދޯންޏަކާއި ލޯންޗެއް އަނދައި ހުލިވެއްޖެ

އެކަން، ކައުންސިލްގައި ދެން ތިއްބެވި މެމްބަރުންނަށް އަވަހަށް އެންގި އެވެ. ނަމަވެސް، ވައި ގަދަވުމުގެ ސަބަބުން ކައިރީގައި އޮތް 24 ފޫޓުގެ ފައިބަރު ލޯންޗުގައި ރޯވާން ނެގީ ވިއްސަކަށް މިނެޓު ކަމަށް އޭނާ ވިދާޅުވި އެވެ.

ވީޑިއޯތަކުން ފެންނަނީ އަލިފާން ރޯވި ދޯންޏާއި ލޯންޗު ދެ ދިމާލެއްގައި އޮއްވަ އެވެ. އެކަމަކު ޝައުފާން ވިދާޅުވީ އެ ދެ އުޅަނދު ވެސް އޮތީ ކައިރީގައި ކަމަށެވެ. ދެ ސަރަހައްދަކަށް ދިޔައީ އުޅަނދު އައްސާފައި އޮތް ވާ ކަނޑައިގެން ދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސަރަހައްދަށް އޮތް އެހެން ދޯންޏެއްގައި ރޯވުމުގެ ކުރިން ސަލާމަތްކުރެވުނު. ދެ އުޅަނދުގައި ވެސް އެއްކޮށް ރޯވެ، އަނދާ ހުލިވީ،" ޝައުފާން ވިދާޅުވި އެވެ.

އެ ދޯންޏަކީ ފެހެންދޫގައި ގެސްޓްހައުސް ވިޔަފާރި ކުރާ ބަޔަކު، އެހެން ބައެއްގެ އަތުން ކުއްޔަށް ނަގައިގެން މީގެ ފަސް މަސް ކުރިން އެ ރަށަށް ގެންދިޔަ ދޯންޏެކެވެ. އަދި ބޭނުން ކުރަން ނުފަށައި ދޯނި އޮތީ ފަޅު ތެރޭގަ އެވެ.

ދޯންޏާ ޖެހިގެން ކައިރީގައި ކުލީ ދަތުރުތަކަށް ބޭނުންކުރާ އީވާ އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ.

ބޯޓުގައި އަލިފާން ރޯވި ސަބަބު ނޭނގުނަސް، އެ ރަށުގެ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެއީ މީހަކު ގަސްތުގައި ކުރި ކަމެކެވެ. އޭގެ ތުހުމަތު އަމާޒުވަނީ ބޯޓުގެ ވެރިފަރާތަށެވެ. އޭނާ ވަނީ އިއްޔެ ފެހެންދު އަށް ގޮސްފަ އެވެ.