ކުރެންދޫގައި 14 މިލިއަން ރުފިޔާގެ މިސްކިތެއް
ކުރެންދޫގައި 14 މިލިއަން ރުފިޔާގެ މިސްކިތެއް

ޅ.ކުރެންދޫގައި މިސްކިތެއް އަޅަން 14 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އާބާދީ 2،000 އަށްވުރެ ބޮޑު ކުރެންދޫގައި މިސްކިތް އަަޅަން ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަންއާ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީ އެވެ. މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސައުދުﷲ ހިލްމީ އެވެ.

މި މަޝްރޫއު މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިސްކިތް އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް 700 މީހުންގެ ޖާގަ ހިމެނޭ ގޮތަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒާހިރު ވަނީ މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓްގައިވާ ތާރީހަށް ނިންމުމަށް އެދިވަޑައިގެންފަ އެވެ. މިމްސް ކޮންސްޓްރަކްޝަނުން ވަނީ ކަނޑައަޅާފައިވާ ދުވަހަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދީފަ އެވެ.