މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގެން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް (ފަޔާ) އެ ޕާޓީގެ މެމްބަރުންނާ ދައްކަވާ އެއް ވާހަކައަކީ މިއެވެ؛ އެމްޑީޕީ ހިންގާލަން އެބަ ޖެހެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ހަރަކާތްތެރި ކުރުވަން އެބަޖެހެ އެވެ. ސަރުކާރާ ގުޅުން ރަނގަޅު ކުރަން ޖެހެ އެވެ. އާއްމު މެމްބަރުންގެ ބައިވެރިވުން ބޮޑުކުރަން ޖެހެ އެވެ.

މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

ހަމަ އެ ވާހަކަތައް އެ މެމްބަރުން ވެސް ދައްކަ އެވެ. ފަޔާ އެކަން ސިފަ ކުރައްވަނީ، އެއީ ހަމަ ހަގީގަތުގައި ވެސް ވިސްނަން ޖެހިފައި އޮތް މައްސަލައެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވާ ގޮތުން، އެމްޑީޕީ ވެރިކަމުގައި އޮތަސް، 2023 ގައި އެ މަގާމް ދިފާއު ކުރެވެން އޮތީ އެމްޑީޕީ ހިންގާލައިގެންނެވެ. އެހެންވެ، އޭނާގެ މިފަހަރުގެ ކެމްޕޭންގެ ސްލޯގަން އަކީ ވެސް "އެމްޑީޕީ ހިންގާލަން" ނުކުންނަވައި ހުންނެވި ކަމެވެ.

މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

އެކަން ކުރެއްވޭނީ ފަޔާ ގަބޫލުކުރައްވާ ގޮތުގައި އޭނާއަށެވެ. ޕާޓީގެ އާއްމު މެމްބަރުން ބިރުފަހަނައަޅައި ނުކުމެ މި ކެމްޕޭނުގައި އެ އިތުބާރު ދީ، މަންޒަރު ސާފުކޮށްދީފި ކަމަށް ވެސް ވިދާޅުވި އެވެ.

މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

މިއީ، ހޮނިހިރު ދުވަހު ބާއްވާ ވާދަވެރި އިންތިހާބާ ގުޅިގެން "މިހާރު" އަށް އޭނާ މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

އަޅުގަނޑަށް އެކަން ކުރެވޭނެތީ ކުރިމަތިލައިގެން މި އުޅެނީ. މީހެއްގެ ކެޕޭސިޓީ އެނގޭނީ އެ މަސައްކަތެއް ކުރީމާ. އަޅުގަނޑަށް އޭގެ ކަންބޮޑުވުމެއް ނެތް. އަދި ކުރެވޭނެ ކަމާ ދޭތެރޭ ޝައްކެއް ވެސް ނެތް.

މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

އަޅުގަނޑުމެން އެންމެންގެ ޓާގެޓަކީ 2023. ދެހާސް ތޭވީހަށް ދާންވާ އިރަށް އަޅުގަނޑުމެން މި ދެކޭ ގޮތަށް އެމްޑީޕީގެ ތެރޭގައި ކުރިއަށް ނުދާ ކަމަށް ވަންޏާ، އަޅުގަނޑުމެން ކިތަންމެ ކަމެއް ކުރިޔަސް ފައިދާއެއް ނެތް. ކުރިއަށް ދާ މި ކެމްޕޭންގެ ތެރޭން އަޅުގަނޑަށް ވަރަށް ސާފު އެކަން ވާނީ އަޅުގަނޑަށް ކަން. އެއަކު އެއްވެސް ޝައްކެއް ނެތް، އެ ޒިންމާ އަޅުގަނޑަށް އަދާކުރެވިދާނެ ކަމަކަށް.

މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!
މެމްބަރުން ތިބީ ހޮވަން ތައްޔާރަށް، ހިންގާ ނުލެވެންވީ ސަބަބެއް ނެތް!

މިހާރު ސޯޝަލް މީޑިއާގެ ޒަމާނުގައި މި ކަހަލަ ކެމްޕޭނަކަށް ދިޔައީމާ އަޅުގަނޑަށް ހީވަނީ އެކަން މާ ބޮޑަށް ފެނުނީހެން. އާންމު މެމްބަރުން ވޯޓު ލާ އިންތިހާބެއްގައި ވެއްޖިއްޔާމުން ވާދަވެރި ކެންޑިޑޭޓާ ދޭތެރޭ [އެމްޑީޕީގެ ތެރޭގައި] އަމަލު ކުރެވެމުން އައީ އަބަދު ވެސް މި ކަހަލަ ގޮތަކަށް. އެކަމަކު މި ޒަމާނުގައި ރީޗް މާ ބޮޑީ. އިންތިއާ އެކަންޏެއް އަޅުގަނޑު މި ވާދަ ވެސް ކުރަނީ. މި ޕާޓީގައި މި ކަހަލަ އޯޕަން ކެމްޕޭނަކަށް ޖާގަ ލިބޭއިރު ގަދަ މީހުންނާ ކުރިމަތިލާން މި ޖެހެނީ. އެއްގޮތަކަށް ވެސް ފަސޭހައެއް ނޫން. އެކަމަކު ވެސް ހަމަ ވަރަށް އުންމީދު އެބައޮތް.

މީގައި މައިގަނޑު ވާހަކައަކީ އަޅުގަނޑުމެން މި ދޭ މެސެޖް. ސަތޭކަ ހަތް ރަށުން ވެސް އައި ހަމަ ޕާޓީ ނުހިނގާ ކަމުގެ މެސެޖް. އަޅުގަނޑުމެންނަށް އެހެން ގަބޫލު ކުރެވުނު މެސެޖް އެއީ އާންމު މެމްބަރުންގެ ތެރޭގައި ވެސް އޮތް ހަމަ މެސެޖް.

އިންތިއާ އެކު ވަރަށް ގާތުން މަސައްކަތް ކުރެވުނު އުނދަގޫ ބިރުވެރި ދުވަސްތަކެއްގައި. އަދި މި އިންތިހާބަށް ކުރިމަތިލުމުގެ ދެ ދުވަސް ކުރިން އަޅުގަނޑަށް ކުރިއަށް ދިއުމަށް އެދި އެ ވާހަކަ ވެސް އިންތި ދެއްކެވި. މީގައި އަޅުގަނޑު ހިތާމަކުރާ ކަމަކީ، އަޅުގަނޑު ހިޔެއް ނުކުރަން އޭގެ ދެ ދުވަސް ފަހުން އިންތިމެން ނުކުންނަވައި، ކެމްޕޭނެއްގެ ބޭނުމަކު، ދެ ދުވަސް ކުރިން ގޯސް ނޫން މީހަކު އޭގެ ދެ ދުވަސް ފަހުން ރާއްޖޭގައި ނެތްވަރުގެ ނުބައި މީހަކަށް ހަދާލީތީ. އެކަމާ އަޅުގަނޑު ވަރަށް ހިތުގައި ޖެހޭ.

ކެމްޕޭނެއް މިއީ. ކޮންމެ ކަމެއް ވެސް ކުރާނެ ކަން އެނގޭ. އެކަމަކު އަޅުގަނޑު ހިއެއް ނުކުރަން އެ ބޭފުޅުން އެހެން ހައްދަވާނެ ކަމަކަށް. އެހެން ވިޔަސް ހިތްބަރު ކަމެއް ނެތް.

އަޅުގަނޑު ދެކޭ ގޮތުގައި ހިންގުންތެރި ކަމުގައި އިންތި އަށް ވުރެ ތަޖުރިބާ ބޮޑުވާނެ. އަޅުގަނޑަށް ގަބޫލު ކުރެވޭ މިހާ ހިސާބަށް ކަންކަން ކޮށްފައި ހުރި ގޮތުން އަޅުގަނޑުގެ ތަޖުރިބާ އާއި އެ ހުނަރު އަޅުގަނޑުގެ ކިބައިގައި ހުރި ކަމަށް.

އަޅުގަނޑަކީ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުންތެރިއެއް ނޫން. މަޖިލީހަށް ކުރިމަތިލައިގެން ފުރަތަމަކޮޅު އަޅުގަނޑުމެންނަށް ވެސް ފެނުނު އިންތިމެންގެ ހުނަރު. ކަންބޮޑުވާ ކަމަކަށް ވެފައި އޮތީ ފުރަތަމަކޮޅު ވާހަކަ ދެއްކުމާއި އެއްޗެހި. އެ ގާބިލްކަން އަޅުގަނޑުގެ އެ ވަރަށް ނެތީމާ. އެހެނަސް ޕާޓީގެ އެތައް ކަމެއް، އިންތިހާބުތަކުން މޮޅުވުމުގައި ވެސް އަދި ޕާޓީގެ އެކިއެކި އިވެންޓްތަކާއި މި ކަހަލަ ކަންކަމުގައި އަޅުގަނޑު ހުންނާނެ ރާވައި އެ ކަންތައް ކުރުމުގައި އިންތިހާބުތަކުން މޮޅުވުމުގައި ކަންތައް ކޮށްފައި.

އަޅުގަނޑުގެ އަމިއްލަ މަސައްކަތްތަކުގައި ވެސް އަޅުގަނޑަކީ ހިންގާ މީހެއް. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ހައްލު ނުވެ ހުންނަ ކަންކަން، ހާއްސަކޮށް ކޮންފްލިކްޓް އުޅޭ ކަންކަން ހައްލު ކުރުމުގައި ފުދޭވަރަކަށް ކަންކަން ކުރެވޭ ކަހަލަ މީހެއް. ޕާޓީގެ އެތެރޭގައި އެބަހުރި އެ ކަހަލަ ބައިވަރު ކަންކަން. އެ ކަންކަން ހައްލުކުރަން ނެގޯޝިއޭޓާއެއްގެ ގޮތުގައި އެކަން ކުރެވޭ ކަހަލަ މީހެއް އަޅުގަނޑަކީ.

މި ޕާޓީގެ ކާމިޔާބުތަކާ މެދު އަޅުގަނޑުމެން އެއްވެސް ސުވާލެއް ނުއުފައްދަން. އިންތިހާބުތަކުން މޮޅުވެފައި މި ތިބީ. އިންތިހާބުތަކުން ދަށްވެފައި ވެސް އެބަހުރި. އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ހާއްސަކޮށް އަޅުގަނޑުމެން އިދިކޮޅުގައި ތިބެގެން ކުރެވުނު ބޮޑު މަސައްކަތުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން މިކަން ކުރީ އަމިއްލަ އަށް. އަމިއްލަ ޖީބުން ހަރަދު ކޮށްގެން، ބިރުވެރިކަމެއްގެ ތެރޭގައި ހިތާއި ރޫހުން ގައުމުގައި މި ބަދަލު ގެންނަން ކުރި މަސައްކަތަކީ. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އޭރު އެހާ އޮގަނައިޒްކޮށް ނޫން މި ކަންކަން މި ހިނގަނީކީ. ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ގައިމު ވެސް އެމްޑީޕީގެ އާންމު މެމްބަރުންނަށް މި ކަން އެނގޭނެ.

މެމްބަރުންނަކާ ޕާޓީގެ ލީޑަޝިޕަކާ ނޯވޭ ގުޅުމެއް. މި ދެންނެވީ ރަސްމީ ގޮތުގައި އެ ކަންކަން ހިންގުމުގައި ގުޅުމެއް ނޯވޭ. މިއަދު އަޅުގަނޑުމެން މި ތިބީ ވެރިކަން ކުރާ ޕާޓީއެއްގައި. ކުރީ ފަހަރު ވެސް އަޅުގަނޑުމެންނަށް ވެރިކަން ލިބުނީމާ ޕާޓީ ވަރަށް ބޮޑަށް ދޫވެގެން ދިޔައީ. ސަރުކާރު ހިންގަން ޖެހުނީމާ ކަމަށް ވެސް ވެދާނެ.

ސިޔާސީ ޕާޓީއެއް އަބަދުވެސް މި އޮންނަނީ ވެރިކަން ކޮށް، ބޭނުންވާ އެ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް. އެހެންވެއްޖެ ނަމަ އަޅުގަނޑުމެންނަށް ގޯހެކޭ އެ ހެދެނީ ޕާޓީ އެ ގޮތަށް ދޫކޮށްލަން. އެހެންވީމާ ޕާޓީ މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންގޮސް ހިންގާ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު މި ދަންނަވަނީ ޕާޓީގެ ކޮންމެ ރަށެއްގައި ތިބި މެމްބަރުންނާއި ލީޑަޝިޕާ ގުޅުން އޮންނަން ޖެހޭނެއޭ. ވާހަކަ ދެކެވެން ޖެހޭނެއޭ. އެ ބޭފުުޅުން އެ ރަށެއްގައި ޕާޓީގެ ތާއީދު އިތުރު ކުރުމަށާއި އަދި ޕާޓީގެ ސަރުކާރެއް އޮންނައިރު ޕާޓީގެ ސަރުކާރަށް ތާއީދު އިތުރު ކުރުމަށް އެ ބޭފުޅުން ދެކޭ ކަންކަމަކީ ކޮބައިތޯ އެ ރަށުގައި.

އެ މެމްބަރުންނާއި ޕާޓީއާ ވާހަކަ ދެއްކެވެން ޖެހޭނެއޭ. އެ ކަންކަމަށް ހައްލު ހޯދަން ޖެހޭނެއޭ. ބައެއް ބޭފުޅުން ވިދާޅުވެދާނެ މި ކަން ކުރަނީ ހިތާއި ރޫހުންނޭ. އަބަދަކު އެކަން ނުކުރާނެ. އެއީ ހަގީގަތަކީ. ބައެއް ކަންކަން އަޅުގަނޑުމެން އިދިކޮޅުގައި ތިބޭއިރު ކުރާ ކަންކަމާ ތަފާތު ވާނެ ވެރިކަމުގައި އޮންނައިރު. އަދި މެމްބަރުންގެ އެކްޕެކްޓޭޝަންތައް ވެސް ވަރަށް ތަފާތު. ހިންގާލާނަމޭ އަޅުގަނޑު މި ބުނާ ވާހަކައަކީ ފުރަތަމަ ކަމަކަށް ޕާޓީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާ ބަރާބަރަށް ގުޅުން އޮތުން.

އަސްލު ހަގީގަތުގައި އެ ބޭފުޅުން ދައްކަވަން އެ އުޅުއްވާ ވާހަކަތަކަކީ ސަރުކާރާ ދިމާއަށް އަމާޒުކުރާ ކޮރަޕްޝަންގެ ވާހަކަތަކުގެ ތެރެއިން އަޅުގަނޑަކީ ސިޔާސީ ހުރިހާ ކަމއްގައި ކިންގްޕިނަކަށް ހުރެގެން ހުރިހާ ކަމެއް ރާވާ މީހާގެ ގޮތުގައި އަޅުގަނޑު ސިފަ ކޮށްފައި ހުންނަނީ. ރަށުމެދަށް މީހަކު ވިހެއި ކަމަށް ވިޔަސް އޭގެ ޒިންމާވާން ޖެހޭ ގޮތަކަށް މިހާރު ވެފައި ވަނީ އަޅުގަނޑު. އެހާވަރުގެ މީހަކަށް އަޅުގަނޑު ހަދާލައިފި.

އެކަމަކު ހަގީގަތަކީ އަޅުގަނޑުމެންގެ އަސާސަކީ ޑިމޮކްރެޓިކް އަަސާސް. އަޅުގަނޑުމެންގެ އަސާސަކީ އަދުލު އިންސާފު ގާއިމުކުރުން. އަޅުގަނޑުމެންގެ އަސާސަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން.

ވަކި މީހަކު ބޭނުންވާ ގޮތަކަށް ޕާޓީ ހިންގުން އެއީ ނޫން އަސާސަކީ. މިސާލަކަށް އަޅުގަނޑާ ވާދަވެރި ކެންޑިޑޭޓް ވަރަށް ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެ ގެންދަވަނީ. ބައްލަވާ އެންމެ ފަހަރަކު ވެސް އަޅުގަނޑު ކައިރީގައި އަހާލިންތޯ އަޅުގަނޑާ ދޭތެރޭގައި އެ ކުރާ ތުހުމަތުގައި ފަޔާއޭ އެއީ ތެދެއްހޭ؟ މިކަން އޮތީ ކިހިނެއްތޯ؟ އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓާ ގުޅޭ ގޮތުން އެ ކަހަލަ މައުލޫމާތެއް ލިބިފައި އޮތަސް ސާފުނުކޮށް އަޅުގަނޑު ނުދައްކާނަން. ވައްކަމޭ، ނުފޫޒޭ އެހެންނެެއް ނުކިޔޭނެ. ނަޒާހަތްތެރި ނަމަ އެހެން ނުކިޔޭނެ.

އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށް، އެތައް އަނިޔާތަކެއްގެ ތެރޭގައި މިހާ ހިސާބަށް އައިސް ދެ ދުވަހުން އަޅުގަނޑު ބޮޑު އެހެން އެއްޗަކަށް ހަދަމުން ދާއިރު، ނަޒާހަތްތެރި ނުވީމާ ކޮންމެ ތާކު އެ ވާހަކަ ދައްކާނީ. ސާބިތު ކުރައްވަން ޖެހޭ މިހާރު އެ ވާހަކަތައް. ހަމަ އިވޭ އަޑެކޭ ކިޔާފައި ދައްކައިގެން ކަމަކު ނުދާނެ. އެއީ ޑިމޮކްރެޓިކް އަސާސް ނެތީމާ

ކިތަންމެ ރަނގަޅު މީހުންތަކެއް ތިއްބަސް މި ކަހަލަ ކަމެއްގައި އަޅުގަނޑު ގަބޫލުކުރާނީ އެ މީހުން ގޮވައިގެން އެ ކަން ކުރެވޭނެ ވިޝަނަރީ މީހަކު ހުރީމާ އެ ކަން ވާނީ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ އެ ވިޝަން އެބަހުއްޓޭ. އަޅުގަނޑުގެ ކެޕޭސިޓީ އެބަހުއްޓޭ އެ ބޭފުޅުންނާ އެއްކޮށް މިކަން ކުރަން.

އަޅުގަނޑުމެންގެ ގައުމީ މަޖިލިސް މި އޮންނަ ގޮތަކީ ދާއިރާ ރައީސުން ހޮވާފައި މި ތިބެނީ. އެ ދާއިރާގެ އެމްޑީޕީގެ އާންމު މެމްބަރުންގެ ވަރަށް ބޮޑު އެކްސްޕެކްޓޭޝަނެއް އޮވޭ ދާއިރާގެ ރައީސް މެދުވެރިކޮށް އެ ބޭފުޅުންނާ ގުޅުން އޮންނަ އެތައް ކަމެއް ހިނގާނެ ކަމަށް. ވަރަށް ރަނގަޅު ދާއިރާ ރައީސުން ތިއްބެވީ. ހިންގާލާ ކަހަލަ ގަދަ ބޭފުޅުން. އެކަމަކު އެ ބޭފުޅުންނަށް ނުހިންގޭނެ ނޫންތޯ ޕާޓީގެ ޗެއާޕާސަނަށް އެ ހުންނަވާ ބޭފުޅަކު ނުވަތަ ޕާޓީގެ ލީޑަޝިޕްގައި އެ ހުންނަވާ ބޭފުޅަކު އެ ޖާގަ ނުދެއްވާ ކަމަށް ވާ ނަމަ.

ގައުމީ މަޖިލީހުގެ ޖަލްސާ ނުބާއްވާ ނަމަ އެ ބޭފުޅުންނަށް ހިޔާލުތަކާއި އެއްޗެހި ހުށަހެއް ނޭޅޭނެތާ. އަޅުގަނޑުމެންގެ އޮންނަނީ ވަޓްސްއެޕް ގުރޫޕެއް. ގުޑް މޯނިން. އިންނާލިއްލާހިވައިންނާލިއްލާހިރާޖިއޫން. ހެޕީ ބާތުޑޭ މި ޖަހަނީ.

ސިޔާސަތުތަކެއް، މަޝްވަރާ ކުރެވޭނެ އެއްވެސް ގޮތެއް ނޯވޭ. އެ ބައްދަލުވުމެއް ނެތް ބާއްވާފައެއް މިހާ ހިސާބަކަށް.

އިންތިހާބެއް ބާއްވަން ވީމާ ނޫނިއްޔާ އަޅުގަނޑުމެން ސިޔާސީ ގޮތުން ޑްރާމާއެއް ކުޅެން ވީމާ ލައިވްކޮށް ޓީވީން ދައްކައިގެން ކުރާ ކަމެއް ފިޔަަވައި ނެތް ކުރެވިފައެއް. ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބަށް ދިޔައިރު ކޮންމެވެސް ވަރަކަށް މެނިފެސްޓޯއާ ގުޅިގެން ދެ ތިން ހަތަރު ބައްދަލުވުމެއް ބޭއްވި. އެކަމަކު، އެ އަށް ވުރެ ފުޅާދާއިރާއެއްގައި ރަސްމީކޮށް، ކޮންމެ ދުވަހަކު ހިނގާ ޕާޓީއެއްގެ ގޮތުގައި ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު މި ދަންނަވަނީ އެ ލީޑަޝިޕް، އެ ކެޕޭސިޓީ އަޅުގަނޑުގެ އެބަހުއްޓޭ. ތިޔަ ވިދާޅުވި ކަހަލަ ބޭފުޅުން އަދި އެ ކަހަލަ ނޫން ބޭފުޅުން ގޮވައިގެން ވެސް މިކަން ކުރުމަށް. އެ ވިޝަން ނެތް މިހާ ހިސާބަށް ދެއްކިފައެއް ނެތް.

ޗެއާޕާސަން ކަމަށް ވާދަކުރުމުގެ މައިގަނޑު ހުރިހާ ވެސް ކަމަކީ އެންމެ ކަމެއް. އެއީ 2023 އެމްޑީޕީ އަށް ހޯދުން. ދެހާސް ތޭވީސް އެމްޑީޕީ އަށް ހޯދުމަށް އަޅުގަނޑު ދެއްކި ވާހަކަ އޮންނާނީ އެންމެންނަށް ވެސް އަަޑު އިވިފައި.

އަޅުގަނޑު މި ދައްކާ ވާހަކައަކީ ސަރުކާރުން ބައިވަރު ކަންކަން ކުރަމުން ދިޔައިރު، ޕާޓީގެ ފަރާތުން ނެތޭ އެ ކަންކަން ރަނގަޅަށް ޕްރޮމޯޓް ކުރެވިފައެއް. ދުނިޔޭގެ ސިޔާސީ މަސްރަހުގައި އޮންނަނީ ކޮންމެވެސް ހެޑްލައިނެއް ހަދާލީމާ، ދޮގަސް ތެދަސް އޮންނަނީ އެ ކަން ވެ ނިމިފައި. ޓްވިޓާގައި ވެސް މުޅި އެތި އެބަ ޓްވިސްޓް ކޮށްލެވޭ. އެހެންވީމާ ޕާޓީން އެބަޖެހޭ ސަރުކާރު ދިފާއު ކުރަން. އެކަން ކުރެވިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.

ސަރުކާރަށް ދެރަވާއިރު ވެސް ރަނގަޅުވާއިރު ވެސް ޕާޓީ އެބަޖެހޭ ފަހަތުގައި އޮންނަން. ސަރުކާރުގައި ހުރި ގޯހެއް ވެއްޖިއްޔާ ޕާޓީން އެބަޖެހޭ އެ ކަން ރަނގަޅު ކުރަން. ދެހާސް ތޭވީސް ލިބޭނީ މި ދެންނެވި ބީދައިން ޕާޓީން އަމަލު ކޮށްގެން. ޕާޓީން ސަރުކާރު ދިފާއު ކޮށްގެން.

އަޅުގަނޑަށް ފެންނަނީ ރައީސް ނަޝީދާ ވާހަކަ ދައްކައިގެން ވެސް ވަރަށް ގިނަ ކަންކަން ކުރެވޭ ކަމަށް. ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑު ހުންނާނީ ކޮށްފައި ރައީސް ނަޝީދާ ވާހަކަ ދައްކައިގެން ވެސް. އަޅުގަނޑަށް އެއްވެސް ހާލަތެއްގައި ރައީސް ނަޝީދާ އެއްވަރުގެ މީހެއް ކަމަކަށް ނުދެކޭނަން. ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ގޮތް. ހިޔާލު ތަފާތުވާ ކަމެއް ހުރިއްޔާ ދަންނަވާނެކަން. ވަކާލާތު ވެސް ކުރާނެ ކަން. ޕާޓީގެ ކުރިއެރުމަށް ރައީސް ނަޝީދުގެ ފަރާތުން އެއްވެސް ކަމެއް ދަތި ވާނެ ކަމަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ.

އަޅުގަނޑަކަށް ނުފެނޭ 2023 ހޯދުމަށް މަސައްކަތް ކުރައްވާ ތަނެއް. ދެން ހަމަ ބުއްދި ހުރި ބޭފުޅެއް ވެއްޖިއްޔާމު މީގައި ހުރި އެލީޖަންސަސް އެއްކައިރި ކޮށްލާފައި ނޫނީ އިމޯޝަންސްތައް އެއްކައިރު ކޮށްލާފައި މި ކަމާ ވިސްނާލައިފި ކަމަށް ވަންޏާ ވަރަށް ސާފުކޮށް އެނގޭނެ ކޮންޓިނުއަސްކޮށް އަޅުގަނޑުމެން އަދިވެސް މިދަނީ ވަރަށް ޕޮޒިޓިވް ކެމްޕެއިނެއް ގެންދެވޭތޯ ބަލަމުން.

އަޅުގަނޑުމެންނާ ދޭތެރޭގައި ދުނިޔޭގައި ނުލައްވަ ފަދަ ވާހަކަ އެ ބޭފުޅުން ކޮންމެ ތަނެއްގައި ކޮންމެ ގެއެއްގައި ދައްކަމުން އެ ގެންދަނީ. އެކަމަކު އެ އަށް ވެސް ރައްދު ނުދީ، އަޅުގަނޑުމެން ކުރަން އުޅޭ ކަންތައްތަކުގެ ދައްކަމުން މި ދަނީ. އެ ވާހަކަ ރައްދުވަނީ އަޅުގަނޑަކަށް ނޫނޭ. އެ ރައްދު ކުރަނީ ސަރުކާރަށް.

އެންމެ ފަހުން ތިލަވަމުން ގޮސް ރައީސް ސޯލިހާ ދިމާއަށް ވެސް އެ އެއްޗެހި އެ ހުރީ އައިސްފައި. ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑަކަށް ނުފެނޭ 2023 ގައި ރައީސް ސޯލިހު ނޫން ބޭފުޅަކު އެމްޑީޕީން ނުކުންނަވައިގެން ލިބޭނެ ކަމަކަށް. ބައެއް ބޭފުޅުންނަށް ދަތިވެދާނެ މިކަން ގަބޫލުކުރަން. އެއީ އަޅުގަނޑަށް ފެންނަ ހަގީގަތް. އަޅުގަނޑާ ދިމާވާ މީހުން ބުނާ ވާހަކަ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން 2023 އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމައެކަނި ރައީސް ސޯލިހު ނުކުންނަވައިގެން.

ރޭގަނޑަކީ ދުވާލޭ ވެސް ބުނަންވީ. ރަނގަޅު ވާހަކައެއް، ދެހާސް އަށެއްގެ ވެރިކަން ލިބުމާ، ބަގާވާތާ ދޭތެރޭގައި އަޅުގަނޑުމެން ތިބީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމައިގެން. 2004ގެ ސެޕްޓެމްބަރު 11 ގައި ވެސް އަޅުގަނޑު އުޅުނީމޭ މަގުމަތީގައި. އެކަމަކު އަޅުގަނޑަކީ ދާހާ ތަނަކަށް ދެ ތިން ކުއްޖަކު ފޮޓޯ ނަގަން ގޮވައިގެން ދިޔަ މީހެއް ނޫން.

އަޅުގަނޑު މަސައްކަތް ކުރީ މި ގައުމަށް ބަދަލު ގެންނަން. އަޅުގަނޑުގެ ބޭބެ އިބްރާމެން، ފައުންޑަރު ލަތީފުމެން، ރައީސް ނަޝީދުމެން އުޅުނީ މި ބަދަލު ގެންނަން. ދެހާސް ބާރައިގައި ބަގާވާތް ކުރި ދުވަހު އެންމެ ފްރޮންޓް ލައިންގައި އަޅުގަނޑު ހުންނާނެ. އެމްއެމްއޭ ކައިރިން ޕެޕާ ސްޕްރޭ ޖަހައި މީހުންތައް ދުއްވާލި އިރު އަޅުގަނޑު ހުންނާނެ އެތާނގައި ނުދުވެ. އަޅުގަނޑު ހުންނާނެ ރައީސް ނަޝީދު ފިހާރައަކަށް ވައްދައި ތެޅިއިރު ފިހާރައިގެ ބޭރުގައި. އަޅުގަނޑު ހުންނާނެ ހަމަ ކޮންމެ މުޒާހަރާއެއްގައި. އެކަމަކު ފްރޮންޓްލައިނަށް އަރައި ފޮޓޯ ނަގާކަށް ނޫން އަޅުގަނޑު ހުރީ. އެއީ މުޒާހަރާތައް.

ދެން މަޖިލިސް. ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މަޖިލީހުގައި އަޅުގަނޑު ކުރި މަސައްކަތް. ދެން ބަލަމާ ހިނގާ، ރައީސް ޔާމީންގެ ފަސް އަހަރުގެ ޓީވީ. ޓީވީ ޕްރޮގްރާމްތަކުގައި ރައީސް ޔާމީން ބަލިކުރަން އަޅުގަނޑަށް ވުރެ ގިނައިން ވާހަކަ ދެއްކި މީހަކު ނުހުންނާނޭ. ބައްލަވަންވީ.

ރައީސް ނަޝީދު ޖަލަށްލައިގެން ކުރި މުޒާހަރާތަކުގައި ކޮންމެ ރެއަކު އަޅުގަނޑު ވެސް ހުރީމޭ. ތެދެއް އަޅުގަނޑު މާގިނައިން ޖަލަކަށް ނުލާ. އަޅުގަނޑު ވެސް ޖަލަށް ލި. އެކަމަކު މުޒާހަރާ އަށް ނުދާން ޝަރުތުކޮށްފައި ދޫކޮށްލީމަ، އެއީ ކުރެވޭނެ ޝަރުތެއް ނޫން ކަމަށް ބުނީމަ އަނެއްކާ ވެސް ޖަލަށްލީ. އެކަމަކު ދެން އަޅުގަނޑު ވެސް ފޮޓޯ ނަގާނަން. އޭރު އެކަން އަޅުގަނޑު ކުރީ ސިޔާސީ ވިސްނުމުގައެއް ނޫން. ދެހާސް ބާރައިގައި ބަގާވާތާ ހަމައަށް މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނުވެސް ނެތް. އެކަމަކު އެ ހިސާބުން އަޅުގަނޑުގެ ވިސްނުން ބަދަލުވީ. މިހާރު މުޅި ދިރިއުޅުން ބައްޓަން ވެފައި މި ހިރީ އެކަމުގައި.

އިތުބާރު ނެތްކަމުގެ ވޯޓެއް ވިޔަސް ޗެއާޕާސަންގެ އިންތިހާބު ކަމަށް ވިޔަސް އަޅުގަނޑެއް ގަބޫލެއް ނުކުރަން ރައީސް ނަޝީދު އަޅުގަނޑާ ދޭތެރޭގައި ޒާތީ ކަމެއް އޮތް ކަމަކަށް. މިއަދު ވެސް އަޅުގަނޑު ރައީސް ނަޝީދުގެ ފަހަތަށް އަރައިފި ކަމަށް ވަންޏާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް ނަޝީދު އަޅުގަނޑާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވާހަކަ ދައްކަވާނެއޭ.

އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ދިމާވާ ކަމެއް ކަމަށް. އަޅުގަނޑު މި ދަންނަވަނީ މި ހުރީ ސަރުކާރާ އެއްކޮށްނޭ. ރައީސް ނަޝީދާއި ސަރުކާރާ ދޭތެރޭގައި ހިޔާލު ތަފާތުވުންތައް ނެތް ކަމަށް ހަދައިގެން އަޅުގަނޑުމެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް. އޭގެ ތެރޭގައި އަޅުގަނޑަކީ ސަރުކާރު ދިފާއު ކުރުމުގައި އެ ކެޕޭސިޓީ ހުރި މީހަކަށް ވާތީ ސިޔާސީ ހަނގުރާމައިގެ ތެރޭގައި އަޅުގަނޑު އެއްކައިރި ކުރެވިއްޖިއްޔާ އެއީ ވަރަށް ބޮޑު ވިންއަކަށް ވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ބޭފުޅުން ދެކޭގޮތުގައި.

އަޅުގަނޑު ސައިޒް ކުރެވިއްޖިއްޔާ ނުވަތަ އަޅުގަނޑު ދުރަށް ޖައްސާލެވިއްޖެ ކަމަށް ވަންޏާ މި ހަނގުރާމައިގައި ކުރިއެރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދެކެނީ. ޒާތީ ކަމެއް އޮވެގެނެއް ނޫން ރައީސް ނަޝީދު އުޅުއްވަނީ. އެ ޓީމުގައި އެބަތިއްބެވި ޒާތީކޮށް އަޅުގަނޑާ ދޭތެރޭ ދެކެވަޑައިގަންނަވާ ބޭފުޅުން.

މި އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެކޭ. މި ގައުމުގެ ވެސް އަދި ޕާޓީގެ ވެސް މުސްތަގުބަލަށް ބަލައިފިއްޔާ ވަރަށް މުހިންމު އިންތިހާބެއް. އެތެރޭގެ އިންތިހާބެއް ނޫންހޭ، ދެ މީހުން ވެސް ރަނގަޅު ނޫންހޭ އެހެން ބުނެލެވޭ ވަރަށް ވުރެ މުހިންމު އިންތިހާބެއް. މި އިންތިހާބުގެ ނަތީޖާ އިން ވަރަށް ބޮޑަށް އެނގިގެންދާނެ 2023 އަށް ވެގެންދާނެ ގޮތެއް. ވޯޓުލާން ވަޑައިގަތުން ވަރަށް މުހިންމު. ފޫހިވެފައި ތިބި މީހުން ވެސް އެބަތިބި.

މި ކެމްޕޭންތަކުގައި ކަންކަން ވެގެން ދިޔަ ގޮތުން ވެސް ފޫހިވި މީހުން އެބަތިބި. އެކަމަކު އެއީ ސިޔާސީ ހަގީގަތް ކަމަށް ގަބޫލު ކުރައްވަން ވާނެ. އަޅުގަނޑުމެން ފޫހިވެގެން ވޯޓު ނުލިޔަސް ކޮންމެވެސް މީހަކު އެބަ ހޮވޭ. ވާދަވެރި ފަރާތަށް ދަންނަވާލަން ބޭނުން އެ ދުވަހު އެއްވެސް ހަމަނުޖެހުމެއް ކްރިއޭޓް ކުރައްވަން މަސައްކަތް ނުކުރެއްވުމަށް.

އެކި ރަށްރަށުން އެމްޑީޕީގެ ޝުއޫރު ހުރި ބޭފުޅުންނާ ރަށްރަށުން މި ދިމާވަނީ. ވަރަށް ގިނަ ކަންކަން ފާހަގަވި. އަޅުގަނޑުމެން ވެސް ދެއްކި ވާހަކަތައް އެ ބޭފުޅުން ވެސް މި ދައްކަވަނީ ހަމަ. ވަރަށް ބޮޑަށް ދިމާވޭ. އަޅުގަނޑަކަށް ނޭނގޭ މޭގައި އަތްޖަހާލާފައި މޮޅު ވާނީ މި ވެނި ޕަސެންޓޭޖަކުންނޭ ބުނާކަށް.

އެކަމަކު އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް ރަނގަޅު، ތަފަތު ބޮޑު މެޖޯރިޓީއަކުން މުޅި ރާއްޖެ އިން އަޅުގަނޑުމެންނަށް މޮޅުވެވިދާނެ ކަމަށް. ދިހަ ވަރަކަށް ރަށް ފިޔަވައި ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމާއި ވޯޓު ގުނުމުގައި ވަރަށް އެހެން ކަހަލަ ކަންތައްތައް ހުރޭ. އެކަމަކު މި ފަހަރު އެ ބޭފުޅުންގެ ފުރިހަމަ ކޮންޓްރޯލެއް ނެތް މި ފަހަރަކު. އެ ބޭފުޅުން ކުރިން އެ ކުރެއްވި ކަންކަން އެ ބޭފުޅުން އެ ފާހަގަކުރައްވަނީ. އެހެން ނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުން އެބަހުރި.

އަޅުގަނޑުމެންނަށް ޚަބަރު ލިބިފައި އެބަހުރި ވޯޓު ގުނާ މަރުހަލާގައި މި ދޭތެރެއިން [އަތުކުރި ދޭތެރެއިން] ވެސް އަޅާލާ ވާހަކަ. ޕްރައިމަރީން މޮޅުވި ބައެއް ބޭފުޅުން އެ ބޭފުޅުން މޮޅުވި ގޮތުގެ ވާހަކަތައް އެ ދައްކަވަނީ. ވަރަށް ބޮޑެތި ގޯސްތަކެއް ހުރެއްޖިއްޔާ އަޅުގަނޑުމެން އެކަމުގެ ޝަކުވާ ކުރާނަން.
މި ކަން ނިމުނީމާ އެ ނިމުނީ. ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟ އެކަމަކު އެކަންކަން ހުއްޓުވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.