11 މެއި 2022 - 14:26

ރާއްޖޭގައި އެޗްއާރު ދާއިރާގައި އިސްވެ މަސައްކަތްކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އެޗްއާރް ކޮންފަރެންސް މި މަހު ބާއްވަން ނިންމައިފި އެވެ.
އެޗްއާރް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އިން 22 އަށެވެ. ދެދުވަހަށް ބާއްވާ މި ކޮންފެރެންސް އޮންނާނީ ގައުމީ ޔުނިވަސިޓީގެ މެއިން އޮޑިޓޯރިއަމްގަ އެވެ.
މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޮމޭޝަން އެންޑް ކަލްޗާ ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ.
މަޕްގެ މި ކޮންފަރެންސްގެ ގައި ރާއްޖެެ އާއި ރާއްޖޭން ބޭރުގެ ކީނޯޓް ސްޕީކާސް އާއި އެކްސްޕާޓް ސްޕީކާސްގެ ބައިވެރިވާނެ އެވެ. ރާއްޖޭގެ އިތުރުން ސިންގަޕޯ، އިނގިރޭސިވިލާތް، ޓްރިނިޑަޑް އެންޑް ޓޮބަގޯ، އިންޑިޔާ އަދި ސްރީ ލަންކާގެ މަޝްހޫރު ސްޕީކަރުން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ. އެމީހުން ވާހަކަދައްކާ މައުލޫއުތަކުގެ ތެރޭގައި "ލީޑަޝިޕް އެންޑް ގްރޯތު، ވެލްނެސް އެންޑް ލާނިން ކަލްޗާ، ޓެކް އެންޑް ޓްރާންސްފޮމޭޝަން، ކްރިއޭޓިން އޮގަނައިޒޭޝަނަލް ލާނިން އެޖިލަޓީ" ހިމެނެ އެވެ.
މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ ކާމިޔާބު ކޮޮންފަރެންސްއެއް ބޭއްވުމަށް މާޕްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑާ ގުޅިގެން ތިން ފަހަރެއްގެ މަތިން ކޮންފަރެންސް ލަސް ކުރުމަށް ފަހު އެންމެ ފަހުން ބޭއްވޭނެ ގޮތް ވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންވެންޝަން ތެރެއިން ބާއްވާ އެކްސްޕޯގައި ތަފާތު އެޗްއާރްއާ ގުޅޭ ހައްލުތައް ދައްކާލުމުގެ ފުރުސަތު މާޕްއިން ވަނީ ފަހިކޮށްދީފަ އެވެ. ބޭރުގެ 10 ސްޕީކަރުންގެ އިތުރުން ރާއްޖޭގެެ 20 ފަރާތަކުން ސްޕީކަރުން ވެސް ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނެ އެވެ. އަދި މި ކޮންވެންޝަންގައި ގާތްގަޑަކަށް 400 ފަރާތަަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނެ އެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ.
.