ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ
ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމުން، ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދަރަނި އަދާކުރަން ބޭނުންވާ ފައިސާ އެ ކްލަބަށް ހަމަޖެހިފައިވާ ކަމަށާއި ޖޫންގެ ކުރިން ދަރަނި އަދާކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެކްލަބުން ބުނެފި އެވެ.

ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ
ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ

އެކްލަބުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި 22 ކުޅުންތެރިޔަކަށާއި ބިދޭސީ ހަތަރު ކުޅުންތެރިޔަކަށް ދޭންޖެހިފައި ހުރި ފައިސާގެ އަދަދުތަކަކީ ކޮބައިކަން އެފްއޭއެމް މެދުވެރިކޮށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންނަށް ޖޫރިމަނާއާއެކު ދައްކަންޖެހޭ ފައިސާގެ އަދަދުތައް ދެނެގަތުމަށް ފީފާ އާ މުއާމަލާތް ކުރަމުންދާ ކަމަށް ވެސް އެކްލަބުން ބުންޏެވެ.

ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ
ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ

"މި ވަގުތު ކްލަބްގެ ދަރަނީގެ ގޮތުގައި އަންދާޒާ ކުރެވޭ އަދަދު ދެއްކުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައެވެ. ފައިސާ ދެއްކުމަށް ބޭނުންވާ އެންމެހާ އިދާރީ އިންތިޒާމްތައް ބާރަށް ކުރިއަށް އެބަގެންދެވެއެވެ.،" ވިކްޓަރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ
ވިކްޓަރީ އަށް ފައިސާ ހަމަޖެހިއްޖެ، ޖޫންގެ ކުރިން ދަރަނި އަދާކުރަނީ

ވިކްޓަރީގެ ރައީސް ކަމަށް، މިދިޔަ މަހު އިންތިހާބުވެ ވަޑައިގެންނެވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގ. ކަކާގެ ހުސައިން އާދަމް ވިދާޅުވީ ވިކްޓަރީއަކީ ދަރަނި އަދާ ނުކުރެވިގެން ސަސްޕެންޑް ވެފައި އޮންނަން ޖެހޭ ވަރުގެ ކްލަބެއް ނޫން ކަމަށެވެ. އޭނާގެ އެކްސްކޯއިން ފާސްކޮށް ތިން ޑިޕާޓްމެންޓެއް ވެސް ކްލަބްގައި އުފައްދާފައިވާ ކަމަށް ވިކްޓަރީން ބުންޏެވެ. އޭގެ ތެރެއިން އެއް ޑިޕާޓްމެންޓަކީ ފައިނޭންސް އެންޑް ފަންޑް ރެއިޒިން ޑިޕާޓްމެންޓެވެ. އެޑިޕާޓްމެންޓް ކުރިއަށްދާނީ އެކްލަބްގެ ހަޒާންދާރު އަހްމަދު ހުސައިންގެ ބެލުމުގެ ދަށުން ކަމަށް ވެސް އެކްލަބުން ބުނެ އެވެ.

އަނެއް ދެ ކޮމިޓީ އަކީ އެޑްމިން އަދި މާކެޓިން އެވެ. ކްލަބްގެ އިދާރީ ހިންގުމާއި މީޑިއާ މެނޭޖު ކުރުމާއި މާކެޓިންގެ ކަންކަން ކުރިއަށްގެންދާ މި ޑިޕާޓްމެންޓްގެ އިސް ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކްލަބްގެ ޖެނަރަލް ސެކެރެޓަރީ މޫސާ ރަމީޒެވެ. ސްޕޯޓްސް މެނޭޖްމެންޓް އެންޑް ޑިވޮލޮޕްމެންޓްގެ ނަމުގައި އުފައްދާފައިވާ ޑިޕާޓެމެންޓް ކުރިއަށްގެންދާނީ އެކްލަބްގެ ނައިބު ރައީސް އިސްމާއީލް ލަތީފް (ޖީކޭ) ގެ ބެލުމުގެ ދަށުންނެވެ.

ވިކްޓަރީ އަށް އެއް ވެސް މުބާރާތެއްގައި ބައިވެރި ވެވޭނީ، ދަރަނިތައް އަދާކުރުމުގެ އިތުރަށް، އެކްލަބާ ދެކޮޅަށް އެފްއޭއެމުން އަޅައިފައިވާ ސަސްޕެންޝަންގެ ފިޔަވަޅު އުވާލުމަށް އެފްއޭއެމްގެ ކޮންގްރެސްއިން ފާސް ކުރުމުންނެވެ.

އެކަމަކު ޖުލައި މަހު ބާއްވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ޓީމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކްލަބުން ބުންޏެވެ. ބަޔާނުގައި ބުނެފައި ވަނީ ޖީކޭގެ ބެލުމުގެ ދަށުން އުފައްދާފައިވާ ކޮމިޓީން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ދެވަނަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރުމުގެ އިތުރަށް ހެޑް ކޯޗަކާއި ކޯޗުން ސްޓާފުން އަދި އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ކްލަބުން ބުނެފައި ވެއެވެ.

ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގައި ވެސް އެކްލަބުން ބައިވެރި ވުމަށް ނިންމާފައިވާ ކަމަށް ވެސް އެކްލަބުން ބުނެ އެވެ.

ވިކްޓަރީގެ އިންތިހާބު މިދިޔަ މަހު ބޭއްވީ އޭގެ ކުރިން އެކްލަބްގެ ޗެއާޕާސަން ކަމުގައި ހުންނެވި ޑރ. އިބްރާހިމް ނާޝިދު އާއި އޭނާގެ ހިންގާ ކޮމިޓީގެ މެންބަރުން އިސްތިއުފާ ދިނުމުންނެވެ. ވިކްޓަރީގެ ލެޖެންޑްރީ ޗެއާމަން ގ. ކނެރީގޭ އަބްދުއްސައްތާރުގެ ދަރިކަލުން ނާޝިދުގެ ދައުރު ހަމަވާން އޮތީ މިއަހަރު ޑިސެމްބަރު މަހު އެވެ. އެފްއޭއެމުން އެކްލަބް ސަސްޕެންޑް ކުރިއިރު ޗެއާޕަސަނަކަށް ހުންނެވީ އޭނާ އެވެ. އޭނާގެ ޗެއާޕާސަން ކަމުގެ ކުރީކޮޅު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދައި ލީޑް ކުރި އެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ އެއްބަސްވުމުގައި ސޮއި ކުރި ބައެއް ކަލްބްތަކުން ނަން އަނބުރާ ގެންދިއުމުންނެވެ.

ވިކްޓަރީގެ ފަރާތުން ނާޝިދު އެމައްސަކަތުގައި އިސްކޮށް އުޅުއްވީ އޭގެ ކުރިން އެކަމުގައި ލީޑް ކުރި، ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރުމުންނެވެ. ނިއުގެ ސަޕޯޓަރުންގެ ތެރެއިން އުފެއްދި ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތިންވަނަ ޑިވިޝަންގައި ބައިވެރި ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެކްލަބްގެ މަސައްކަތައް މަޑުޖެހުމެއް އައީ، އެކްލަބަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއެއް ކަމށް އޭއެފްސީ ބުނެފައިވާކަން ހާމަކޮށް އެފްއޭއެމުން އެކަން އެންގުމުންނެވެ.