މި ހަފުތާގައި އިންސްޓްގްރާމްގައި އެންއެފްޓީ ޓެސްޓުކުރަނީ
މި ހަފުތާގައި އިންސްޓްގްރާމްގައި އެންއެފްޓީ ޓެސްޓުކުރަނީ

މި ހަފުތާގައި އިންސްޓްގްރާމްގައި އެންއެފްޓީ ޓެސްޓުކުރަން ނިންމައިފި އެވެ.

އެންއެފްޓީ ނުވަތަ ނޮން ފަންޖިބަލް ޓޮކެން އަކީ ޑިޖިޓަލް ކަލެކްޓިބަލްއެކެވެ. މިދިޔަ އަހަރު ބޮޑު މަގުބޫލު ކަމެއް ހޯދި އެންއެފްޓީ މެދުވެރިކޮށް އެކި އާޓިސްޓުން އަންނަނީ އަގުބޮޑުކޮށް އެމީހުންގެ އާޓްވޯކްތައް ވިއްކަމުންނެވެ.

އިންސްޓަގްރާމްގެ ހެޑް، އެޑަމް މޮސޭރީ ވިދާޅުވީ އެމެރިކާގައި އިންސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންނަށް، އެ ޕްލެޓްފޯމުގައި އެ މީހުންގެ ފީޑާއި ސްޓޯރީސް އަދި މެސެޖުގައި އެންއެފްޓީ ޑިސްޕްލޭ ކުރެވޭނެ ކަމަށެވެ. އަދި އެންއެފްޓީ ޑިސްޕްލޭ ކުރާނީ، ޕްރޮފައިލްސް ނުވަތަ ޕްރޮޑަކްޓްސް ވެސް ޓެގްކޮށް، އެއަށް ފިތާލުމުން ހުޅުވޭ ގޮތަށް ކަމަށެވެ.

އެ ޓެގަށް ފިތާލުމުން އެންއެފްޓީ އުފެއްދި މީހާ އާއި އޭގެ ވެރިޔާ ފެންނާނެ ކަމަށް ވިދާޅުވި އެވެ.

މޮސޭރީ ވިދާޅުވި ގޮތުގައި، އެންއެފްޓީ ޓެސްޓްކުރެވޭނީ އެމެރިކާގެ ވެސް ވަރަށް މަދު ބަޔަކަށް ކަމަށެވެ. ގިނަ ބަޔަކަށް ޓެސްޓްކުރަން ދޫކޮށްލުމުގެ ކުރިން، ފުރަތަމަ ކުޑަ އޯޑިއެންސްއަކުން އެ ހިދުމަތް ބަލައިގަނޭތޯ ބަލަން ކަމަށެެވެ. އަދި އެ ޓެސްޓް ކުރަން ނިންމީ، ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުން ވެސް މިހާރު އެންއެފްޓީ ޓެސްޓްކުރަން އުޅޭތީ ކަމަށެވެ.

ޓުވިޓާއިން ވެސް މިދިޔަ އަހަރު ވަނީ އެ ޕްލެޓްފޯމަށް އެންއެފްޓީ ތައާރަފުކޮށްފަ އެވެ.