09 މެއި 2022 - 11:49

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްމޯކިން ސެސޭޝަން ކްލިނިކުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ސްމޯކިންގް ސެސޭޝަން ކްލިނިކަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކެކެވެ. ސްމޯކިންގެ ސެސޭޝަން އަކީ ދުންފަތް އިސްތިއުމާލުކުރާ މީހުން ދުންފަތް ބޭނުންކުރުން ހުއްޓާލުމަށް ދެވޭ ފަރުވާ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ އަލަށް ހުޅުވި ކްލިނިކުން ފަރުވާ އަދި ކައުންސެލިން ސެޝަން މެދުވެރިކޮށް ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކްލިނިކުން ފޯރުކޮށްދޭ ފަރުވާތަކުގެ ތެރޭގައި ކައުންސިލިން އާއި ބިހެއިވިއޮރަލް ތެރަޕީ އާއި ނިކޮޓީން ޕެޗް އާއި ގަމް އާއި ލޮޒެންޖަޒް އާއި އިންހޭލާސް އާއި ނޭސަލް ސްޕްރޭ ފަރުވާދިނުމަށް ބޭނުން ކުރާނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވާނީ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ރަގުލާން ރާޖާލިންގަމް އެވެ.
ސިއްހީ ދާއިރާގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމައްކުރައްވާފައިވާ ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖާއި ރިސާޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވުމަށް ނުވަތަ[email protected]އަށް އީމެއިލް ކުރެއްވުމަށް އެދިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.