ކަސްޓަމްސް އިން 21 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި
ކަސްޓަމްސް އިން 21 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި އަތުލައިިގަތީ މިދިޔަ އަންގާރަ ދުވަހު ވައިިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެތެރޭގައި ކަމަށެވެ.

ކަސްޓަމްސްއިން އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފަ އެވެ.

ކަސްޓަމްސްއިން ބުނީ މި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.2 ކިލޯ ހުންނާނެ ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެެވެ.