08 މެއި 2022 - 14:45

ބީއެމްއެލްގެ އެހީގައި ކ. ކާށިދޫގައި ބާބަކިއު އަށް ހާއްސަ ސަރަހައްދެއް ހަދައިދީފި އެވެ.
އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުން ހަދައިދިން، ބާބަކިއު ސަރަހައްދުގައި ގްރިލް, ގޮނޑި, މޭޒު, ބެންޗު ވަނީ ބަހައްޓައިފަ އެވެ. އަދި ރަށުގެ އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން ފިނި މައިިޒާނެއް ވެސް ހެދި އެވެ.
ބާބަކިއު ސަރަހައްދު ހެދުމުގެ ޕްރޮޕޯޒަލް ކާމިޔާބުކުރި މުހައްމަދު ވިޝާހް ބުނީ އެއީ ކާށިދޫގެ މީހުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ބޭނުންތެރި ސަރަހައްދަކަށް ވާނެ ކަމުގެ އުުންމީދު އެބައޮތް ކަަމަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު ހުޅުވީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ރަށްރަށުގައި ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެ ފަންޑުގެ ދަށުން މިހާތަނަށް 65 ޕްރޮޖެކްޓް ހިންގަން ބީއެމްއެލުން ވަނީ އެހީ ދީފަ އެވެ.